މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްގެތީމު މަގުތަކުގައި ނަންޖެހުމާ ބެހޭ

ނަންބަރު: (IUL)300-EC/300/2023/24

އިޢުލާން

 

                                                                           

ރަސްގެތީމު މަގުތަކުގައި ނަންޖެހުމާ ބެހޭ

 

           މިކައުންސިލްގެ ނަންބަރު (IUL)300-EC/300/2023/23  އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެފައި ނުވާތީ އެޢިލާން ބާތިލްކުރުމަށްފަހުން އަލުން އިޢުލާން ކުރަމެވެ.

މިކައުންސިލުން ދައްކާ ނަމޫނާއާއި އެއްގޮތަށް އަމިއްލަ ތަކެތީގައި، މަގުގެ ނަންތައް ޕުލާސްޓިކް ބޯޑްގައި ލިޔެ ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

           ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2023  އޮގަސްޓް 24 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2023 އޮގަސްޓް 29 ވާ އަންގާރަ ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ 18/2014 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

           އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ އެއްވެސް ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލާގަނެވެންނެތް ވާހަކަ ދަންނަވަމެވެ. 

             މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

             20 އޮކްޓޫބަރ 2023

20 އޮގަސްޓް 2023
ހޯދާ