އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާގެ ފުރުޞަތު

ތާރީޚް: 20 އޮގަސްޓް 2023

ނަންބަރު: IUL)486-AP/486/2023/3)

އިޢުލާނު

މިއޮފީހުން ކުރި ނަންބަރ: IUL)486-HR/1/2023/22) އިއުލާންއާ ގުޅިގެން ސީނިއަރ ކޭސް މެނޭޖްމަންޓް އޮފިސަރގެ މަޤާމަށް އެކަށީގެންވާ މިންވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ، އެމަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިއިއުލާނާއި ގުޅިގެން ކުރިން މިމަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅާކަށް ނުޖެހޭނެއެވެ.

މަޤާމު:

ސީނިއަރ ކޭސް މެނޭޖްމެންޓް އޮފިސަރ

ކްލެސިފިކޭޝަން އަދި ގްރޭޑް

 ސީނިއަރ އޮފިސަރ ގްރޭޑް 1

ރޭންކް

 އޯޓީޖޭ ޕީ6

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

 ޓެކްނިކަލް ސަޕޯޓް ޑިޕާރޓްމަންޓް

މުސާރަ:

11,000/-ރ (އެގާރަ ހާސް ރުފިޔާ)

ސަރވިސް އެލަވަންސް:

5500/- ރ (ފަސްހާސް ފަސްސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      އިންތިޤާލީ އިންސާފުގެ އޮމްބަޑަސްޕަރސަންސްގެ އޮފީހަށް ހުށަހެޅޭ މައްސަލަތަކާއި ޝަކުވާތަކަށް ޖަވާބު ދިނުމުގައި އިދާރީ އެންމެހައި ކަންކަން ބެލެހެއްޓުން؛

2-      އޮފީހަށް ހުށަހެޅޭ މައްސަލަތަކާއި ޝަކުވާތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން.

3-      އޮފީހުގެ މަސައްކަތްތަކަށް އެވަގުތަކު ބޭނުންވާ އެހީތެރިކަމެއް ފޯރުކޮށްދިނުން.

4-      ޓެކްނިކަލް ސަޕޯޓް ޑިޕާޓްމަންޓުގެ އިދާރީ މަސައްކަތް ކުރުން

5-      މައްސަލަހުށަހަޅާ ފޯމްތަކާއި ސިޓީތައް ސިސްޓަމަށް އެންޓަރ ކުރުމަށްފަހު ޑިޕާޓްމަންޓް ހެޑަށް ފޮނުވުން

6-      މައްސަލަތަކާ ގުޅިގެން އެކިއެކި މުއައްސަސާތަކުން އަންނަ ސިޓީތައް ހޯދައި ސިސްޓަމުން ލިންކުކުރުން.

7-      މަސް ނިމުމުން މަސްދުވަހުގެ ރިޕޯޓް ތައްޔާރުކުރުމަށް އެހީތެރިވެދިނުން.

8-      ކޮންމެ އަހަރެއް ނިމުމުން އެއަހަރެއްގެ އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުގެ ތަފާސް ހިސާބު ތައްޔާރުކުރުމަށް އެހީތެރިވެދިނުން.

9-      އަދި މިނޫންވެސް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން

 

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ އެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

 

މަސައްކަތާއި ގުޅޭ ދާއިރާ: ކޭސް މެނޭޖްމެންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަޒް މެނޭޖްމެންޓް، އިންވެސްޓިގޭޝަން، ލީގަލް، ޕްރޮސެކިއުޝަން

 

 

ރަސްމީ ގަޑި:

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ފޯމު ނުހިމަނާ ހުންނަ އެޕްލިކޭޝަންތައް ބާތިލްވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  3.  ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ.
  4. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  6. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  7. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން.

ސުންގަޑި:

  28 އޮގަސްޓް 2023 ގެ 14:00

 

އެހެނިހެން:

  1. މަތީގައިވާ މަޤާމަށް ޝޯޓްލިސްޓް ކުރެވޭނީ ގިނަ ވެގެން 10 ފަރާތެވެ.
  2. މަތީގައިވާ މަޤާމުތަކުގެ އިންޓަވިއުއަށް ވަޑައިގަތުމަށް މި އޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެންޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  3. އޮފީހުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  4. އޮފީހުގެ ވަޒީފާއަކަށް އޮމްބަޑްސްޕާސަން އެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  5. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  6. އެޕްލިކޭޝަން ފޯމު  މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3039900 ނަންބަރއަށެވެ.

އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނީ [email protected] އަށެވެ.

                                   04 ޞަފަރު 1445

20 އޮގަސްޓް 2023
ހޯދާ