މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތާޅަފިލި ސިސްޓަމެއް ސަޕްލައިކުރުމާ ގުޅޭ

ރ. މާކުރަތު ކައުންސިލްގެ އިދާރާއަށް ތާޅަފިލި ސިސްޓަމެއް ސަޕްލައިކުރުމާ ގުޅޭ

ރ.މާކުރަތު ކައުންސިލްގެ އިދާރާއަށް ތާޅަފިލި ސިސްޓަމެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ ގޮތުން ކޮށްފައިވާ މިއިދާރާގެ ނަންބަރު: IUL)305-ME305/305/2015/17)ފ(09 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ރ. މާކުރަތު ކައުންސިލްގެ އިދާރާއަށް ތާޅަފިލި ސިސްޓަމެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހަކުކަން އަންގައިދިނުމަށް ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

27 ރަބީޢުލްއާޚިރު 1436

17 ފެބުރުވަރީ 2015
ހޯދާ