މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ގުރައިދޫ އިން ކުނި ބޭރުކޮށް ތިލަފުށްޓަށް ގެންގޮސް ހުސްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

            

                    ކ.ގުރައިދޫ އިން ކުނި ބޭރުކޮށް ތިލަފުށްޓަށް ގެންގޮސް ހުސްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް  ހޯދުމަށް ކުރެވުނު ނަމަބްރ (IUL)338-AHR/338/2023/63 (01 އޯގަސްޓް 2023) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އިޢުލާން ބާތިލުކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

                   އަންދާސީ ހިސާބު ހުށަހަޅުއްވަން އެދޭ ފަރާތްތަކުން 27 އޮގަސްޓް 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލުގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާނީ 150.00 ރުފިޔާގެ ފީއެއް ދައްކާ ފަރާތްތަކަށެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          މަޢުލޫމާތު ސާފުކުރާ ފަރާތުގެ ކުންފުނީ/ ޕާޓްނާޝިޕް/ ފަރުދުންގެ ވިޔަފާރި/ ކޯޕަރޭޓިވް ސޮސައިޓީ ގެ ނަން

-          ރަޖިސްޓްރީ ނަމްބަރ

-          އީމެއިލް އެޑްރެސް

-          ގުޅޭނެ މޯބައިލް ނަމްބަރު

                  އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 28 އޮގަސްޓް 2023 ވާ ހޯމަ ދުވަހުގެ 09:00 ގައި ކ.ގުރައިދޫ ކައުންސިލްގެ އިދާރާގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

                  އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 27 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640072 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

17 އޮގަސްޓް 2023

17 އޮގަސްޓް 2023
ހޯދާ