ދިވެހިރާއްޖެ
ނަމްބަރ:( IUL)252/252/2023/62
އިޢުލާން
ޓޫރިޒަމް ޒޯނުން ބިން ކުއްޔަށް ދޫކުރުން:
ހއ.ފިއްލަދޫއިން ފަތުރުވެރިކަމުގެ ވިޔަފާރިން ރަށުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާ ލިބިދޭނެ ގޮތަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ތަރައްގީ ކުރުމުގެ ގޮތުން ފަތުރުވެރިކަމަށް ހާއްސަކޮށް ކަނޑައެޅިފައިވާ " ޓޫރިސްޓް ވިލެޖް " ގެ ގޮތުގައި ހިމެނޭ ސަރަހައްދުގައި ހިމެނޭ ވިޔަފާރިބިންތަކުން ކައުންސިލަށް އާމްދަނީ ހޯދުމަށާއި، އެބިންތަކުން ވިޔަފާރިވެރިންނަށް މާލީފައިދާ ހޯދުމުގެ ފުރުޞަތު ހުޅުވާލުމަށާއި، ދެމެހެއްޓެނި ގޮތެއްގައި މިބިންތައް ވިޔަފާރި އުޞޫލުން ބޭނުން ކުރުމަށް ފިއްލަދޫ ޓޫރިޒަމް ޒޯނުގައިހުރި 5000 އަކަފޫޓުން 115000 އަކަފޫޓާ ދެމެދުގެ ޖުމްލަ 99 ބިން ޓޫރިޒަމް ވިޔަފާރިއަށާއި ގުޅުންހުރި ވިޔަފާރިތަކަށް ދިގު މުއްދަތަކަށް ބިމަށް އެދުމުގެ ފުރުސަތު ހުޅުވާލަމެވެ.
40000 އަކަފޫޓަށް ވުރެ ދަށުގެ ބިންތަކަށް ޕޮއިންޓް ދިނުމުގައި އަމަލު ކުރާނެ ގޮތް:
- ބިމުގެ ކުލި80% : މިބަޔަށްމާރކްސްދޭނީ އެންމެ ބޮޑު އަގެއް ހުށަހަޅާ އަގަކީ ބެންޗްމާރކެއް ކަމުގައި ބަލައިގެން ކްރައިޓީރީއަށް ދެވިފައިވާ ހުށަހަޅާފައިވާ ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ ހުށަހަޅާފައިވާ އެންމެ ބޮޑު އަގަށެވެ.
- މުއްދަތު %5 : މިބަޔަށްމާރކްސްދޭނީ އެންމެ ދިގުކޮށް ހުށަހަޅާ މުއްދަތަކީ ބެންޗްމާރކެއް ކަމުގައި ބަލައިގެން ކްރައިޓީރީއަށް ދެވިފައިވާ ހުށަހަޅާފައިވާ ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ ހުށަހަޅާފައިވާ އެންމެ ދިގު މުއްދަތަކަށެވެ. މިބަޔަށް އެންމެ މަދުވެގެން ހުށަހެޅޭނީ މީލާދީ 06 (ހައެއް) އަހަރެވެ.
- މާލީ ޤާބިލްކަން %5 : މިބަޔަށް މާރކްސްދޭނީ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ އެކައުންޓް ސުޓޭޓްމަންޓްގެ ވޭދުވެދިޔަ 03 މަސް ދުވަހުގެ އެވްރެޖް ބެލެންސް އަކީ 5000ރ (ފަސްހާސް) ރުފިޔާ ކަމުގައިވާނަމަ މިބަޔަށް ލިބޭ އެންމެ މަތިން ޕޮއިންޓް ލިބޭނެއެވެ. އެވްރެޖް ބެލެންސް 5000ރ (ފަސްހާސް) ރުފިޔާ އަށްވުރެން ދަށްކަމުގައިވާނަމަ މިބަޔަކަށް ޕޮއިންޓެއް ނުލިބޭނެއެވެ.
- ހއ. ފިއްލަދޫގެ ރަށްވެއްސެއް ނުވަތަ ފިއްލަދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރީއެއް ނަމަ : އެއްބިމަކަށް ދެފަރާތުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުން ހުށަހަޅާފައިވާނަމަ ހއ.ފިއްލަދޫގައި ރަޖިސްޓްރީކޮށް ހިންގާ ވިޔަފާރިއަކަށް ނުވަތަ ހއ.ފިއްލަދޫ ރަށްވެއްސެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ނުވަތަ ފިއްލަދޫ ރައްޔިތެއްގެ ހިއްސާއޮންނަ ކުންފުންޏެއްނަމަ މިބަޔަށް ކަނޑައެޅިފައިވާ އެންމެ މަތިން ޕޮއިންޓް ދެވޭނެއެވެ.
- ޕޮއިންޓްގެ ގޮތުން އެއް ފަރާތައްވުރެ ގިނަ ފަރާތް އެއްވަރު ވެއްޖެނަމަ ބިން ލިބޭ ފަރާތެއް ހޮވާނީ ޕޮއިންޓް އެއްވަރުވި ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.
40000 އަކަފޫޓަށް ވުރެ މަތީގެ ބިންތަކަށް ޕޮއިންޓް ދިނުމުގައި އަމަލު ކުރާނެ ގޮތް:
- ބިމުގެ ކުލި70% : މިބަޔަށްމާރކްސްދޭނީ އެންމެ ބޮޑު އަގެއް ހުށަހަޅާ އަގަކީ ބެންޗްމާރކެއް ކަމުގައި ބަލައިގެން ކްރައިޓީރީއަށް ދެވިފައިވާ ހުށަހަޅާފައިވާ ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ ހުށަހަޅާފައިވާ އެންމެ ބޮޑު އަގަށެވެ.
- މުއްދަތު %5 : މިބަޔަށްމާރކްސްދޭނީ އެންމެ ދިގުކޮށް ހުށަހަޅާ މުއްދަތަކީ ބެންޗްމާރކެއް ކަމުގައި ބަލައިގެން ކްރައިޓީރީއަށް ދެވިފައިވާ ހުށަހަޅާފައިވާ ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ ހުށަހަޅާފައިވާ އެންމެ ދިގު މުއްދަތަކަށެވެ. މިބަޔަށް އެންމެ މަދުވެގެން ހުށަހެޅޭނީ މީލާދީ 06 (ހައެއް) އަހަރެވެ.
- މާލީ ޤާބިލްކަން %5 : މިބަޔަށް މާރކްސްދޭނީ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ އެކައުންޓް ސުޓޭޓްމަންޓްގެ ވޭދުވެދިޔަ 03 މަސް ދުވަހުގެ އެވްރެޖް ބެލެންސް އަކީ 30000ރ (ތިރީސްހާސް) ރުފިޔާ ކަމުގައިވާނަމަ މިބަޔަށް ލިބޭ އެންމެ މަތިން ޕޮއިންޓް ލިބޭނެއެވެ. އެވްރެޖް ބެލެންސް 30000ރ (ތިރީސްހާސް) ރުފިޔާ އަށްވުރެން ދަށްކަމުގައިވާނަމަ މިބަޔަކަށް ޕޮއިންޓެއް ނުލިބޭނެއެވެ.
- ހއ. ފިއްލަދޫގެ ރަށްވެއްސެއް ނުވަތަ ފިއްލަދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރީއެއް ނަމަ : އެއްބިމަކަށް ދެފަރާތުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުން ހުށަހަޅާފައިވާނަމަ ހއ.ފިއްލަދޫގައި ރަޖިސްޓްރީކޮށް ހިންގާ ވިޔަފާރިއަކަށް ނުވަތަ ހއ.ފިއްލަދޫ ރަށްވެއްސެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ނުވަތަ ފިއްލަދޫ ރައްޔިތެއްގެ ހިއްސާއޮންނަ ކުންފުންޏެއްނަމަ މިބަޔަށް ކަނޑައެޅިފައިވާ އެންމެ މަތިން ޕޮއިންޓް ދެވޭނެއެވެ.
- ސީއެސްއާރު : މިބަޔަށްމާރކްސްދޭނީ ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ތެރެއިން ސީއެސްއާރުގެ ދަށުން މިރަށަށް ނުވަތަ ރަށުގެ ރައްޔިތުންނަށް ކައުންސިލުން ކޮށްދިނުމަށް ރާވާފައިވާ ކަންކަމަށް ޙަރަދުކުރުމަށް ހުށަހަޅާ ފައިސާގެ އަދަދުގެ އެންމެ ބޮޑު އަގަކީ ބެންޗްމާރކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް ދެވިފައިވާ % ހުށަހަޅާފައިވާ ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ ހުށަހަޅާފައިވާ އެންމެ ބޮޑު އަގަށެވެ.
- ޕޮއިންޓްގެ ގޮތުން އެއް ފަރާތައްވުރެ ގިނަ ފަރާތް އެއްވަރު ވެއްޖެނަމަ ބިން ލިބޭ ފަރާތެއް ހޮވާނީ ޕޮއިންޓް އެއްވަރުވި ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.
ބީލަން ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޕާޓްނަރޝިފްތަކަށާއި ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ. ބީލަމުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު މިކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް ފޮނުވައިގެން ނުވަތަ ކައުންސިލަށް ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 28 އޮގަސްޓް 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ޕްރޮޕޯސަލް ހުށައެޅުއްވުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށައަޅާނީ 04 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ 11:00 ށެވެ. ރަޖިސްޓްރީ ކުރާ ފޯމާއި ޕްރޮޕޯސަލް ހުށައަޅާ ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ބީލަން ހުށައަޅަންވާނީ އެދޭ ކޮންމެ ޕްލޮޓަކަށް ވަކިވަކިން ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ޓޫރިޒަމް ޒޯނުން ބިން ދޫކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުޞޫލު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިރު ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އިޢުލާނުކުރީމެވެ.
01 ޞަފަރަ 1445
17 އޮގަސްޓް 2023