ދިވެހިރާއްޖެ
ނަންބަރ: IUL 307/INDIV/2023/59
އިޢުލާން |
ރުއްގަހުގެ ވެރިފަރާތް ހޯދުމާއިބެހޭ:
ރ.އިންނަމާދޫ "އޮޑި އެހެލާ ބާލާ ސަރަހައްދުން" ފެށިގެން ރަށުގެ އުތުރުފަރާތު އެމް.ޓީ.ސީ.ސީ ސައިޓަށް ދިއުމަށް މަގެއް ހެދުމަށް ހުރި (1 ން 13 އަށް ނޫކުލައިގެ ސްޕްރޭއިން ނަންބަރު ޖަހާފައިވާ) 13 ރުކާއި، 04 ދިއްގާގަހުގެ ވެރިފަރާތްތައް ހޯދަން ބޭނުން ވެއްޖެއެވެ. މި އިޢުލާނާއެކު އަލަށްހަދާ މަގުގެ ޗާޓް އެއްހީރަސްކުރެވިފައި ވާނެއެވެ.
ވީމާ، މަތީގައި ދެންނެވިފާއިވާ ރުއްގަހުގެ ވެރިފަރާތްތަކުން 2023 އޮގަސްޓް 22 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދު ކުރުމުގެ ކުރިން ރުއްގަހުގައި ޖަހާފައިވާ ނަންބަރު އެނގޭގޮތަށް ލިޔުމަކުން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
17 އޮގަސްޓް 2023