ދިވެހިރާއްޖެ
ނަންބަރު : (IUL)ASMH-Procure/ASMH/2023/84
އިޢުލާން
ފިޔޯރީ ސިއްޙީ މަރުކަޒުގެ އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން
ގދ.ފިޔޯރީ ސިއްޙީމަރުކަޒުގެ އެމްބިއުލާންސްއަށް ދިމާވެފައިވާ މައްސަލަ ޙައްލުކޮށް އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑިއަށް ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި 6845140/6845161 ގުޅުއްވުން ނުވަތަ [email protected] މެއިލްކޮށްދެއްވުން އެދެމެވެ.
ޕްރީބިޑް މީޓިންގ / ރަޖިސްޓްރީކުރުން: 21 އޮގަސްޓް 2023، 13:00 ގައި.
އަންދާސީ ހިސާބް ހުށަހެޅުން: 30 އޮގަސްޓް 2023، 13:00 ގައި
ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ)