މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. އަތޮޅު ކައުންސިލްގެ އިދާރާއަށް ބޭނުންވާ ދޮރުފޮތި ފޯރުކޮށްދިނުމާއި އަދި ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

                    ބ. އަތޮޅުކައުންސިލް އިދާރާއަށް ބޭނުންވާ ދޮރުފޮތި ފޯރުކޮށްދިނުމާއި އަދި ހަރުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

                    ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 14:00  ގެ ކުރިން  [email protected] އަށް އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 31 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

  •  ބީލަން/ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ބައެއް ނުކުތާތައް:

1-      ބީލަން ހުށަހަޅާ ފަރާތްތަކުން ފްރޮޕޯސަލް ތައްޔާރުކުރައްވާއިރު ބީލަން ކަރުދާހުގައި ހުރި މައުލޫމާތު ބެއްލުވުމަށް ސަމާލުކަން ދޭންވާނެއެވެ.  

2-      ބީލަމުގައި ރަޖިސްޓްރީވުމަށް އެދި، ވިޔަފާރި/ކުންފުންނިތަކުން އެފަރާތުގެ ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރު، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް، ޖެއްސެވުމަށްފަހު [email protected]  އަށް އީ-މެއިލް ފޮނުވަންވާނެއެވެ. އަދި އަމިއްލަ ފަރުދުން މިބީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުނަމަ ފުރިހަމަ ނަމާއި، އައި.ޑީ. ކާޑު ނަންބަރު، އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ޖެއްސެވުމަށްފަހު މަތީގައި އެވާ އެޑްރެހަށް އީމެއިލް ކުރަންވާނެއެވެ.

3-      ބީލަން/ޕްރޮޕޯސަލް ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ހާޒިރުވާއިރު ހާޒިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ކާކުކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިޒޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.

4-      މި ބީލަމާއިގުޅޭގޮތުން  އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ،  24 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 14:00  ގެ ކުރިން، މިއިދާރާއަށް އީމެއިލް މެދުވެރިކޮށް  [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯނުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

5-      ބީލަން/ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 31 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 11:05 ގައި މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި، ބީލަން/ޕްރޮޕޯސަލް ހުށަހެޅި އެންމެހާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން/ޕްރޮޕޯސަލްތައް ހުންނަންވާނީ ބީލަން ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށެވެ.

                       މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

                                01 ޞަފަރު  1445

17 އޮގަސްޓް 2023
ހޯދާ