ދިވެހިރާއްޖެ
ފ. ދަރަނބޫދޫގައި ޤާއިމުކޮށްފައިވާ އިންޑޯހޯލުގެ ނުނިމިހުރި، ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
2 ފާޚާނާގެ ކޮންޕްލީޓް މަސައްކަތް. |
2 ޗޭންޖިންގ ރޫމްގެ ކޮންޕްލީޓް މަސައްކަތް. |
2 ކޯޓް މެޓް އެޅުން. |
4 ބެންޗް ހެދުން. |
20 ލައިޓްލުން ކަރަންޓްވައިރު ކުރުމާއެކު. |
4 އެގްޒޯސް ހަރުކުރުން. |
10 ކިލޯ ވޯޓްގެ ސޯލާ އެނާޖީ ހަރުކޮށް އިންސްޓޯލް ކުރުން. |
2 ރެފްރީ ޗެއަރ ހެދުން. |
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2023 އޮގަސްޓު 27ވަނަ ދުވަހުގެ 13.00އަށް މިކައުންސިލަށް ވަޑައިގެން، މަޢްލޫމާތު ސާފުކުރެއްވުމަށްފަހު، 2023 އޮގަސްޓު 30ވަނަ ދުވަހުގެ 13:00 އަށް މިކައުންސިލަށް ވަޑައިގެން، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިމަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢޫލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކާކުކަން އެނގޭނެ ލިޔުމެއް ހިފައިގެން އެހެން މީހެއްގެ ބަދަލުގައި އާދެވިދާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅާ ފޯމެއްގެ އަގަކީ -/100ރ. (ސަތޭކަ ރުފިޔާ) އެވެ. ފޯމު ގަތުމަށް ދައްކާ ފައިސާއަކީ ރީފަންޑު ކުރެވޭނެ ފައިސާއެއް ނޫނެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
01 ޞަފަރު 1445