ދިވެހިރާއްޖެ
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމުގެ ދަޢުވަތަށް އަލުން ހުޅުވާލުން
މި މިނިސްޓްރީގެ ނަންބަރު IUL)438-ECAS/438/2015/21) އިޢުލާނަށް އެކަށީގެންވާ ވަރަށް އިޖާބަ ލިބިފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރުން
ދިވެހިރާއްޖެއިން ބައިވެރިވެރިވެފައިވާ މުޢާހަދާއެއްކަމަށްވާ "ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ" ގެ "އައިޗީ ބަޔޯޑައިވަރސިޓީ ޓާރގެޓްސް" އަށް ބިނާކޮށް ދިވެހިރާއްޖޭގެ "ނޭޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖިކް ޕްލޭން" މިހާރުވަނީ މުރާޖާ ކޮށްފައެވެ. މި ޕްލޭނުގައި ދިރޭތަކެތީގެ ނަސްލު ޙިމާޔަތް ކުރުމުގެ އިތުރުން ޕްރައިވެޓް ސެކްޓަރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ބަޔޯޑައިވަރސިޓީއާއި ތިމާވެށީގެ ކަންކަން ހިމެނުމަށް ބާރުދޭ ޓަރގެޓެއް ވަނީ ހިމެނިފައެވެ. މީގެ އިތުރުން އައިޗީ ޓާގެޓްގެ 1 ވަނަ ޓާގެޓަކީ ދިރޭތަކެތީގެ ނަސްލުތަކުގެ އަގު އެންމެނަށް އޮޅުންފިލުވައިދިނުމުގެ މަޤުޞަދުގައި ހެދިފައިވާ ޓާގެޓެކެވެ. ޓާގެޓް 4 އަކީ ގުދުރަތީ ވަސީލަތްތައް ބޭނުން ކުރުމުން ލިބޭ ގެއްލުންތައް އިންސާނުންނާއި ތިމާވެށްޓަށް ގެއްލުމެއް ނުވާވަރަށް ކުޑަކުރުމުގެ ގޮތުން "ސަސްޓެއިނަބަލް ޕްރޮޑަކްޝަން އެންޑް ކޮންޒަމްޕްޝަން" އަށް ހެދިފައިވާ ޓާގެޓެކެވެ. އަދި ޓާގެޓް 6 އަދި 7 އަކީ ދެމެހެއްޓެނިވި މަސްވެރިކަން އަދި ދެމެހެއްޓެނިވި ދަނޑުވެރިކަމަށް ހެދިފައިވާ ޓާގެޓުތަކެކެވެ. ޓާގެޓް 8ގެ މަޤްޞަދަކީ ކުނިބުންޏާއި ތަފާތު ވައްތަރުގެ ތަޣައްޔަރުވުންތަކުން މާޙައުލާއި ދިރޭތަކެތި ސަލާމަތް ކުރުމެވެ.
މިގޮތުން ބަލާއިރު ގުދުރަތީ ވަސީލަތްތަކުގެ ބޭނުން އެންމެ ބޮޑަށްކުރާ އެއްފަރާތަކީ އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކެވެ. ނަތީޖާއެއްގެ ގޮތުން ތިމާވެށީގެ ގިނަ މައްސަލަތައް މިފަދަ ފަރާތްތަކުގެ މަސައްކަތްތަކާއި ގުޅިފައިވެއެވެ. މީގެ ތެރޭގައި ފެނުގެ ދަތިކަން، މޫސުމީ ބަދަލު، އަދި ދިރޭތަކެތީގެ ނަސްލަށާއި މާހައުލީ ނިޒާމަށް ލިބޭ ގެއްލުން ހިމެނެއެވެ. ވީމާ، މިފަދަ ފަރާތްތަކުން ގުދުރަތީ ވަސީލަތްތަކަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އެފަރާތްތަކުގެ ސިޔާސަތުތަކާއި ޕްލޭންތައް ހަދާއިރު ދިރޭތަކެތީގެ ނަސްލާއި ގުދުރަތީ މާޙައުލަށް ގެއްލުން ކުޑަކުރެވޭނެ ގޮތަކަށް ހެދުމަކީ މުހިންމު ކަމެއްކަމަށް މިމިނިސްޓްރީއަށް ފެނެއެވެ.
މިހެންކަމުން، އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކުގެ މިހާރުގެ ސިޔާސަތުތައް ދިރާސާކޮށް އެ ސިޔާސަތުތަކުގައި ދިރޭތަކެތީގެ ނަސްލާއި ގުދުރަތީ ވަސީލަތްތައް ހިމެނިފައިވާ މިންވަރު ބަލައި ރިޕޯޓެއް އެކުލަވާލުމާއެކު ކަމާގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގުމަށް ކޮންސަލްޓެންޓެއް ހޯދުމަށް މިނިސްޓްރީން ބޭނުންވެއެވެ.
މިމަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" މިމިނިސްޓްރީންނާއި މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ޝަރުތުހަމަވާ ފަރާތްތަކުން 1 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެކުރިން، ތަޢުލީމީ ފެންވަރާއި މަސައްކަތް ކުރުމުގެ ތަޖުރިބާއާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރާއި، މަސައްކަތުގެ އަގު އަދި މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ ގޮތާއެކު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
“Recruitment of National Consultant for mainstreaming biodiversity into Policies, Plans and Strategies of Private Sector of the Maldives”
ބަޔޯޑައިވަރސިޓީ ކޮންޒަވޭޝަން ޔުނިޓް
އެންވަޔަރަންމަންޓް ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ފޯން: 3018359، 3018300
ފެކްސް: 3018301
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv