މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑު އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިހާނު ކުރާނެ އެގުޒަމިނަރުން ހޯދުން

                        މިކައުންސިލުން ދޫކުރަމުންގެންދާ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު  ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިހާނު ކުރާނެ އެގުޒަމިނަރުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. އިމްތިހާނު ކުރިއަށްދާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.

ބޭނުންވާ ޢަދަދު : 02 (ދޭއް)

ޝަރުތު

  • ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ވެފައިވާ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް  ކެޓަގަރީތަކުގެ ތެރެއިން ދަށްވެގެން (A,B) އޮތް މީހަކު ކަމުގައިވުން.
  • ސްކިޕަރ ކްލާސް 5 ނުވަތަ ނިޔަމި ކަމުގެ ސަނަދު 1 ނުވަތަ 2 ފުރިހަމަ ކޮށްފައިވާ މީހަކު ކަމުގައިވުން.
  • ފާއިތުވި ތިންއަހަރު ކަނޑުއުޅަނދު ދުއްވުމުގެ ޤަވާޢިދާޚިލާފުވެ ކުށެއްކޮށްފައިވާ އަދި ޖިނާޢީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން. (3 މަސް ހަމަނުވާ ޕޮލިސް ރިޕޯޓް ހުށަހަޅަންވާނެއެވެ.)
  • ބ. އަތޮޅު ކައުންސިލްގައި ވަޒީފާ އަދާކުރާ ފަރާތެއްކަމުގައި ނުވުން.

އުޖޫރަ: ޓެސްޓް ކުރާ ކޮންމެ ކެޓެގަރީގެ އުޅަނދަކަށް -/10 ރުފިޔާ.

                        ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ސިޓީއަކާއިއެކު މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއިއެކު 2023 އޯގަސްޓް 24 ވަނަ ދުވަހު 13:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. އެގްޒެމިނަރުން ހޮވުމުގައި ގިނަ ގިންތީގެ އުޅަނދުފަހަރު އޮޕަރޭޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

                             29 މުޙައްރަމް 1445

16 އޮގަސްޓް 2023
ހޯދާ