މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

މިރަށުގައި އަލަށް ހެދުމަށް ކައުންސިލުން ނިންމާފައިވާ " ރިންގްރޯޑު" ގައި ހުރި އަމިއްލަ މީސްމީހުންގެ ރުއްގަހުގެ މަޢުލޫމާތު ވަރަށް އަވަހަށް މި ކައުންސިލުން ހޯދަން ބޭނުންވެއެވެ.

                  ވީމާ، ތިރީގައި މިދަންނަވާ ސަރަހައްދުގައި ހުރި އަމިއްލަ މީސްމީހުންގެ  ރުއްގަހުގެ މަޢުލޫމާތު (ރުއްގަހުގެ ވެރިފަރާތުގެ ނަމާއި އެޑްރެސް، މަޢުލޫމާތުދޭ ފަރާތުގެ ނަމާއި އެޑްރެސް، ރުއްގަސްހުރި ސަރަޙައްދު އަދި ރުއްގައި  ޖަހާފައިވާ ނަންބަރު) އިނގޭނޭހެން 5 (ފަހެއް) ދުވަހުގެ ތެރޭގައި މި ކައުންސިލަށް ލިޔުމަކުން އަންގަވައި ދެއްވުން އެދެމެވެ.

  • މިހާރު ހަދަމުންދާ ރިންގްރޯޑުގެ " މޭނާމަގު ދެކުނުން " ފެށިގެން ޒިޔާރަތްމަގު ކުނިކޮށްޓާއި ހަމައަށް ނޫކުލައިން ފާހަގަޖަހާފައިވާ ރުއްގަސް.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 އޮގަސްޓް 2023
ހޯދާ