ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކުރު ކޯސްތަކަށް އިއުލާން ކުރުން

 

އިޢުލާން

 

2023 ވަނަ އަހަރުގެ އޮގަސްޓު މަހުގައި މި ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޯލޮޖީއިން ތިރީގައި މި ބަޔާންކުރާ ކުރު ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައިއެވެ. މި ކޯސްތަކަށް އެޕްލައިކުރުން ހުޅުވާލެވިފައިވަނީ 31 ޖުލައި 2023 ވާ ހޯމަ ދުވަހު ހެނދުނު 8:00 އިން ފެށިގެން 24 އޮގަސްޓު 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށެވެ. މިކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިލިންކް https://forms.gle/jnSedDEkwaskRo1W6 ގައިވާ ފޯމް ފުރުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

 1.      އޯޝަން އެންޑް ގްލޯބަލް ޗޭންޖަސް – ލާނިންގް އެބައުޓް ޕާސްޓް ކްލައިމެޓް ޓު އެކްސްޕްލެއިން ކަރަންޓް ކްލައިމެޓް ކޮންޑިޝަންސް އެންޑް ފޯކާސްޓް ފިއުޗަރ ކްލައިމެޓްސް އެންޑް ހިއުމަން މިޓިގޭޝަން އެންޑް އެޑަޕްޓޭޝަން

        ކޯސްތަކުގެ މުއްދަތު: 14 ހަފްތާ (ހަފްތާއަކު 3 ގަޑި)

        ކޯސްތަކުގެ ފީ: ހިލޭ

        ކޯސް ކުރިޔަށް ގެންދާނެގޮތް: ފޭސް ޓު ފޭސް (ބްލެންޑެޑް)

 

2.      ދަ މޭކިންގް އޮފް ދި މޯލްޑިވްސް އާކިޕެލާގޯ އިން ދަ ލާސްޓް 60 މިލިއަން އިޔާޒް

       ކޯސްތަކުގެ މުއްދަތު: 14 ހަފްތާ (ހަފްތާއަކު 2 ގަޑި)

       ކޯސްތަކުގެ ފީ: ހިލޭ 

       ކޯސް ކުރިޔަށް ގެންދާނެގޮތް: ފޭސް ޓު ފޭސް (ބްލެންޑެޑް)

       ކޯސްތައް ފަށާ ތާރީޚް: 20 އޮގަސްޓް 2023

މިކޯސްތަކުގައި ކިޔަވައިދެއްވާނީ ފުލްބުރައިޓް ސްކޮލަރ ޕްރޮފެސަރ އަންޑްރޭ ޑުރޮކްސްލަރ އެވެ.

16 އޮގަސްޓް 2023
ހޯދާ