ދިވެހިރާއްޖެ
ދ.ބަނޑިދޫ އިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާތީ އެމަސައްކަތް ކުރުމަށް ނެގޭ ގޯތި ކޮމެޓީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ގޯތި ކޮމެޓީގެ މެމްބަރުންނަށް ހާޞިރުވާ ބައްދަލުވުމަކަށް 100 ރުފިޔާ އާއި 150 ރުފިޔާ އާއި ދެމެދުގެ ސިޓިންގ އެލަވަންސެއް ކައުންސިލުން ނިންމާގޮތެއްގެމަތިން ދޭގޮތަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 އޮގަސްޓް 2023 ވަނަ އަންގާރަ ދުވަހުގެ މެންދުރު 12:00 ކުރިން މިޢިދާރާއަށް ނުވަތަ ކައުންސިލް މެއިލް އެޑްރެސް [email protected] އަށް އެކަމަށް އެދި ފޮނުވާ ސިޓީ އަދި ތައުލީމީ ސެޓްފިކެޓް ކޮޕީ މެއިލްކުރުމަށް ދަންނަވަމެވެ. މިއިޢުލާނާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 9650005/7992129 އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.