ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: މަސައްކަތު
ބޭނުންވާ އަދަދު: 1 (އެކެއް)
ރޭންކް: އެސް. އެސް 1
ކްލެސިފިކޭޝަން: ސަޕޯޓު ސްޓާފް ގްރޭޑް 1
މުސާރަ: މަހަކު -/3100 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ޏ. އަތޮޅު ތަޢުލީމީ މަރުކަޒު
ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން ސެކްޝަން، އޮފީސް
އެހެނިހެން ޢިނާޔަތް: އިތުރުގަޑީގައި މަސައްކަތްކުރުމުން، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- މުވައްޒަފުން ދުވާލަކު އެއްފަހަރު ކުރަންޖެހޭ ކަންތައް
1.1 ކަނޑައެޅިފައިވާ ގަޑީގައި ޑިއުޓީކުރުން.
1.2 ހަވާލުކުރެވިފައިވާ ކުލާސްތަކުގެ ތަޅުންގަނޑާއި ޑެސްކުތައް ފޮޅައި ސާފުކޮށް، ފާރުގައްޔާއި ޑެސްކުގައި ނުވަތަ ބޯޑުގައި ކުރަހާފައިވާނަމަ، ކުރަހާފައިވާ ތަކެތި ސާފުކުރުމާއި، ތަށިމުށި ޖަހާފައިވާ ކްލާހެއް ސާފުކުރާނަމަ, ދުވާލަކު އެއްފަހަރު މޮޕް އަޅައިގެން ސާފުކުރުން.
1.3 ގޯތިތެރެއާއި މަގުމަތީން ހަވާލުކުރެވިފައިވާ ސަރަޙައްދުގެ ކުނިނަގައި، ވިނަނޮޅައި، ސާފުކޮށް ބެލެހެއްޓުން.
1.4 ސުކޫލުގެ އޮފީސް، ސްޓާފްރޫމް، އެކަޑަމިކް ސެކްޝަން، ކޮމްޕިއުޓަރ ލެބް، ލައިބްރަރީ، ފާޚާނާތަކުގެ ތެރެއިން ހަވާލުކުރެވިފައިވާ ތަންތަނާއި، އެތަންތާނގެ އެތެރޭގައި ހިމެނޭ އެންމެހައި ތަކެތި ހިރަފުސްފޮޅައި ސާފުކުރުން.
1.5 ގޯތިތެރެއަށް ފެންޖަހައި، ގަސްތަކަށް ފެންދިނުން.
1.6 އެމީހެއްގެ ޑިއުޓީގައި، އޮފީހާއި ސްޓާފްރޫމުގައި ހުންނަ ފެން އަޅަންޖެހޭ ކޫލަރުތަކަށް ބޯފެން އަޅާފައި ބެހެއްޓުން.
1.7 ކުނިއުކާލާއިރު އެއްވެސް ލިޔެކިޔުމެއް އުކާލައިގެން ނުވާނެއެވެ. އެފަދަ ތަކެތި ނައްތާލަންވާނީ އަންދައިގެންނެވެ.
1.8 އެމީހެއްގެ ޑިއުޓީގައި ސެޝަން ނިމުމުން ދިދަ ތިރިކޮށް ރައްކާކުރުން.
2. ހަފުތާއަކު އެއްފަހަރު ކުރަންޖެހޭ ކަންތައް:
2.1 ހަވާލުކުރެވިފައިވާ ކުލާސްތަކާއި އެހެނިހެން ތަންތާނގެ ދޮރުތަކާއި، ދޮރުފަތްތަކާއި، ބިއްލޫރިތަކާއި ފަންކާތައް ސާފުކުރުމާއި، ފެންފޮތި ލައި ސާފުކުރަންޖެހޭ ތަންތަން އެގޮތަށް ސާފުކުރުން. ބިއްލޫރި ސާފުކުރަންވާނީ، ސާފުކުރަން ބޭނުންކުރާ ކެމިކަލް ބޭނުންކޮށްގެންނެވެ.
2.2 ހަވާލުކުރެވިފައިވާ ކުލާސްތަކުގެ ޑެސްކުތައް ޗެކްކޮށް، މަރާމާތަށް ބޭނުންވާ ތަކެތީގެ މަޢުލޫމާތު، ފައިސާއާބެހޭ ވެރިއަކަށް ދިނުން.
3. ޓާމަކު އެއްފަހަރު ކުރަންޖެހޭ ކަންތައް:
3.1 ހަވާލުކުރެވިފައިވާ ކުލާސްތަކުގެ މަކުނުވާތައް ފޮޅުން.
3.2 ހަވާލުކުރެވިފައިވާ ކުލާސްތަކުގެ ތަޅުންގަނޑު ފެންޖަހައި، ދޮވެ ސާފުކުރުން.
4. އެހެނިހެން ކަންތައް:
4.1 ޑިއުޓީގައި ސްޕަވައިޒަރުން އަންގަވާ ކަންތައް ކުރުން.
4.2 ރަސްމީ ގަޑިތައް ފިޔަވައި، ސްކޫލުގައި ހިންގާ އެހެނިހެން ކަންކަމުގައި (އަންގައިފިނަމަ) ކަނޑައެޅިފައިވާ ގަޑިތަކަށް ހާޒިރުވުން.
4.3 ތަނުގައި ހުންނަ ވަސީލަތްތަކާއި ތަކެތި ހެޔޮގޮތުގައި ބޭނުންކުރުމާއި، އެތަކެއްޗަށް ގެއްލުމެއްނުދީ ބެލެހެއްޓުން.
4.4 ޒަރޫރީ ބޭނުމެއް ދިމާވެގެން ބޭރަށް ދާން ޖެހިއްޖެ ޙާލަތެއްގައި، ހަވާލުވެ ހުންނަވާ އެޑްމިނިސްޓްރޭޓިވް އޮފިސަރު މެދުވެރިކޮށް އިސްވެރިޔާއަށް ދެންނެވުމަށްފަހު، ހުއްދަ ހޯދައި، ބޭރަށްދާ ފޮތުގައި، ބޭރަށްދާ ސަބަބު ބަޔާންކޮށް، ލިޔެ ސޮއިކުރުމަށްފަހުގައި ނޫނީ ބޭރަށް ނުދިޔުން.
4.5 ރަސްމީ ގަޑީގައި މަސައްކަތް ނިންމުމަށް ވީހާވެސް ބޮޑަށް މަސައްކަތްކޮށް، ހަވާލުކުރެވިފައިވާ މަސައްކަތް ރަސްމީގަޑީގައި ކޮށްގެން ނުނިމޭ މަސައްކަތާބެހޭ މައުލޫމާތު އޮފީހަށް ދިނުން.
4.6 ހޯލް އެތުރުމަކީ ސަޕޯޓް ސްޓާފުން ކުރަންޖެހޭ ކަމަކަށްވާތީ، ހޯލް އެތުރުމުގައި ޢަމަލީގޮތުން ބައިވެރިވެގެން މަސައްކަތްކުރުން.
4.7 މަސައްކަތު މުވައްޒަފެއް ސަލާމުގައި ހުންނަ ދުވަހެއްނަމަ، އޭނާ ކުރަންޖެހޭ މަސައްކަތްތައް، ކަނޑައެޅިފައިވާ އުޞޫލުން ކުރުން.
4.8 ސްކޫލުގެ މަސައްކަތަށް ނުކުންނަންޖެހޭ ދުވަސްތަކުގައި ސްކޫލު ފިޔަވައި އެހެންތަނަކުން އިންތިޒާމްކުރާ ހަރަކާތެއްގައި ބައިވެރިވެ ހަރަކާތްތެރިވާން ތިޔަ މުވައްޒަފަށް އެންގިއްޖެނަމަ، އެފަރާތަކުން ސްކޫލަށް އެކަން ރަސްމީގޮތުން ދަންނަވައި ހުއްދަ ހޯދުމުން ނޫނީ އެފަދަ ހަރަކާތްތަކުގައި ބައިވެރިނުވުން.
4.9 އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ، އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާ ގޮތެއްގެ މަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.
ޝަރުޠު:
- ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، އިންޓަވިއު.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ބާއްވާނީ، އިއުލާނުގެ މުއްދަތު ހަމަވާ ދުވަހުން ފެށިގެން 1 ހަފުތާގެ ތެރޭގައި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ރޫމުގައެވެ.
ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން 15:00 އަށް، ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުން ލިބޭނެއެވެ. އަދި މި ފޯމު، މި މަރުކަޒުގެ ވެބްސައިޓު www.gnaec.edu.mv ން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ފެބުރުވަރީ 23 ވާ ހޯމަ ދުވަހުގެ މެންދުރު 14:30 އެވެ.
ނޯޓް:
މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 6865002 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
22 ރަބީޢުލްއާޚިރު 1436