ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ:331/331/2023/80(IUL)
އިޢުލާން
ގާފަރު ކައުންސިލްގެ 8 ވަނަ ޤުރުޢާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސައި ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި ގާފަރުގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކާއި ގާފަރުގައި ދިރިއުޅޭ ފަރާތްތަކަށް ހުޅުވާލައިގެން މި ކައުންސިލްގެ 8 ވަނަ ޤުރުޢާން މުބާރާތް 14 ސެޕްޓެމްބަރު 2023 ވާ ބުރާސްފަތި ދުވަހު ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.
ވީމާ މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 23 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ ގޫގަލް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ކައުންސިލްގެ އިދާރާއާއި މިއިޢުލާނުގެ ގެޒެޓް ލިންކުން ލިބެން ހުންނާނެއެވެ. އަދި ގޫގަލް ފޯމް މިއިދާރާގެ މީސްމީޑިއާގެ އެކި މަންސަތަކުގައި ހިއްސާކުރެވިފައިވާނެއެވެ. މުބާރާތުގެ ޤަވާއިދު މިއިޢުލާނާއެކު ޢާންމުކުރީމެވެ.