މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސްޓްރަކްޗަރަލް އެޑްވައިޒަރ އެންޑް ކޮންސަލްޓަންސީ

ތިރީގައި މިދަންނަވާ ކޮންސަލްޓެންސީ މަސައްކަތަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ސްޓްރަކްޗަރަލް އެޑްވައިޒަރ އެންޑް ކޮންސަލްޓަންސީ

މުއްދަތު

1 އަހަރު

މަޤާމުގެ ބާވަތް

ކޮންސަލްޓެންސީ/ކޮންޓްރެކްޓް ސްޓާފް

މުސާރައާއި އިނާޔަތްތައް

މަހަކު -/15,000 ރުފިޔާ

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ އެންވަޔަރަންމަންޓް ޑިޕާޓްމަންޓް/ ބަޔޯޑައިވަރސިޓީ ޔުނިޓު

ބޭނުންވާ އަދަދު

01

ޝަރުޠު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  • މެނޭޖްމަންޓް/ތިމާވެށިީގެ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  • ތިމާވެށީގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 ޕްރޮޖެކްޓުގައި މަސައްކަތްކޮށްފައިވުން.
  • ރާއްޖޭގެ ތިމާވެށީގެ ހާލަތަށް އަދި "ޔުނެސްކޯ ބަޔޮސްފެއަރ ރިޒާވް" އަށް އަހުލުވެރިވެފައިވުން.
  • ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތްތެރިކަމުގެ ބައްދަލުވުންތަކާއި، އެހެނިހެން ބައްދަލުވުންތައް ރޭވުމުގެ ތަޖުރިބާ ލިބިފައިވުން.
  • އެހެން މުވައްޒަފުންނާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • ދިވެހި އަދި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތުކޮށް، ލިޔަން އެނގުން.
  • ރާއްޖެތެރޭގެ ރަށްރަށަށް ދަތުރުކުރެވުން.
  • ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތައް، އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކާއިއެކު މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ފަރިތަކޮށް ބޭނުންކުރަން އެނގުން.
  • މަސައްކަތްތެރިކަމުގެ ބައްދަލުވުންތައް ރާވާ، ހިންގުން، އަދި މެނޭޖުކުރުމުގެ ތަޖުރިބާ ލިބިފައިވުމާއެކު، "ޕާރޓިސިޕޭޓަރީ މެތޮޑޮލޮޖީސް" އެނގުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ލަފައާއެކު، 2 ހަފުތާގެ ތެރޭގައި މި މިނިސްޓްރީއަށް ޤަބޫލުކުރެވޭ ފެންވަރުގެ ވަރކްޕްލޭނެއް ތައްޔާރުކޮށް ބަޔޮސްފިއަރ ރިޒާވް ޕްލެޖް ހާސިލުކުރުމުގެ މަސައްކަތް ފެށުން.
  • ވަރކްޕްލޭންގައި ބޭނުންވާ މާލީ ވަސީލަތްތަކާއި، ފަންނީ ވަސީލަތްތަކާއި، އަދި ހިއުމަން ރިސޯސަސް ފާހަގަކޮށް އެކަންތައްތައް ހާސިލުކުރާނެ ގޮތްތައް ހުށަހެޅުން.
  • ކޮންޓްރެކްޓް ފެށޭތާ ދެވަނަ ހަފުތާ ނިމެންވާއިރަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ގަބޫލުކުރެވޭ ފެންވަރުގެ، ކޮންމެ މަހަކު ހާސިލުކުރަން ބޭނުންވާ ކަންތައްތަކުގެ ތަފުސީލާއެކު ބަޔޯސްފިއަރ ރިޒަރވްގެ ފުރަތަމަ އަހަރުގެ ވަރކްޕެލޭނެއް ހެދުން.
  • ބަޔޮސްފިއަރ ރިޒާވްގެ ފުރަތަމަ އަހަރުގެ ވަރކްޕްލޭންގެ މަސައްކަތްތައް ކުރުން.
  • ކޮންޓްރެކްޓުގެ ފުރަތަމަ އަހަރު ނިމުމާއެކު އަހަރަށް ޓާގެޓް ކުރެވިފައިވާ މަސައްކަތްތައް ފުރިހަމަ ކުރެވިފައިވާ މިންވަރު ދައްކުވައިދޭ ރިޕޯޓެއް ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހެޅުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018357، 3018329 އަށް ގުޅުއްވުން އެދެމެވެ.

ވީމާ މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ހުޅުވާލަމެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ފުރިހަމަ ވަނަވަރު (ތަޢުލީމީ ފެންވަރާއި ތަޖުރިބާއާއި ކަމާގުޅޭ ހުނަރުތައް ހިމެނޭގޮތަށް)
  • މަސައްކަތަށް ހުރި ޤާބިލު ކަމުގެ މަޢުލޫމާތު ( ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލާއި ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު )
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައިވާ ފޮޓޯކޮޕީ)
  • މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ ގޮތް
  • ސުންގަޑި: 04 މާރިޗު 2015 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް
 29 ރަބީޢުލްއާޚިރު 1436
19 ފެބުރުވަރީ 2015
ހޯދާ