ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށްދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގައި ހުރި ރުއްގަސް ނީލަންކިއުމާއި ގުޅޭ

          މި އިދާރާގެ ނަމްބަރު (IUL)249/249/2021/71 ޢިއުލާނާއި ޙަވާލާދީ ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގައި ހުރި ރުއްގަސް ނީލަން ކިއުމަށް ވަނީ ނިންމިފައެވެ.

         ނީލަން ކިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ގޯއްޗެއްގައި ހުރި ރުއްގަސް އެއީ ވަކި ޕެކޭޖެއްގެ ގޮތުގައެވެ. ގޯތި ތަކުގައި ހުރި ރުއްގަހުގައި ޕެކޭޖު ނަންބަރު މިހާރުވާނީ ޖެހިފައެވެ. މި އިއުލާނާއި އެކު ޕެކޭޖް ތަކުގެ ފެށޭ އަގު ލިސްޓް ހިމެނިފައިވާނެއެވެ.   

        ނީލަން ކިއުމަށް ހަމަޖެހިފައިވަނީ 2023 އޮގަސްޓް 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00ގައި މި އިދާރާގައެވެ.

        ނީލަމުން ރުއްގަސް ނަންގަވާ ފަރާތްތަކުން ނީލަން ކާމިޔާބު ކުރައްވާތާ 3 ދުވަސްތެރޭ ފައިސާ ދައްކަވައި 10 ދުވަސް ތެރޭ ރުއްގަސް ނަންގަވައި ގެންދެވުން އެދެމެވެ. އަދި މި މުއްދަތުގައި ރުއްގަސް ނުގެންދަވައިފި ނަމަ އެއީ ކައުންސިލްގެ ރުއްގަސް ކަމުގައި ބަލައި ނައްތާލެވޭނެއެވެ.  

 

                        29 މުޙައްރަމް 1445

                        16 އޮގަސްޓް 2023

16 އޮގަސްޓް 2023
ހޯދާ