ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު ދިވެހިރާއްޖެ ނަމްބަރ:331/331/2023/85(IUL)
އިޢުލާން
ހަޓު ހެދުމާއި ހަޓުތައް ނެގުމާއި ގުޅޭ
"މަގުތަކާއި ގޯޅިތަކާއި އިޖުތިމާޢީ ސަރަހައްދުތަކާއި ހޭޅިފަށުގައި ތަކެތި ބެހެއްޓުމާއި، ހަޓު ހެދުމާއި ގުޅޭ ގަވާއިދު" (ގަވާއިދު ނަމްބަރު:145-އާރ/2023) ވަނީ 14 އޮގަސްޓް 2023 ގައިވަނީ ގެޒެޓްކުރެވިފައެވެ.
މިގަވާއިދުގެ ދަށުން ރަށުގެ އެއްވެސް ސަރަހައްދެއްގައި ހަޓް ނުވަތަ އެހެންވެސް އެފަދަ ތަނެއް ހަދާ ބޭނުންކުރަންވާނީ ކައުންސިލުން ކަނޑައަޅާގޮތެއްގެ މަތިން ކައުންސިލުން ހުއްދަ ހޯދައިގެންނެވެ. އަދި މިގަވާއިދުގެ 10 ވަނަ ނަމްބަރުގެ (ހ) ގައި މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ރަށުގެ އެކިތަންތާގައި ހަދާފައިވާ ހަޓްތައް މި ގަވާއިދަށް އަމަލު ކުރަންފަށާތާ 3 (ތިނެއް ) މަސްދުވަސްތެރޭ ނަގަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ މި މާއްދާގެ (ހ) ގައި ބަޔާން ކުރާ މުއްދަތުގައި ހަޓްތައް ނަގާފައިނުވާނަމަ ކައުންސިލުން ކަނޑައަޅާ ހަމަޔަކުން ނައްތާލެވޭނެ ކަމަށެވެ.
ވީމާ، ކައުންސިލްގެ ހުއްދަ ނުނަގައި ރަށުގެ އެކި ސަރަހައްދުތަކުގައި ޢާއްމުފަރާތްތަކުން ހަދާފައިވާ ހަޓު ނުވަތަ އެހެންވެސް އެފަދަތަނެއް މިއަދުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ނެގުމަށް އަންގަމެވެ. އަދި މިދެންނެވި މުއްދަތު ހަމަވުމަށްފަހު ނުނަގާހުންނަ ހަޓްތައް މިގަވާއިދުގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރެވޭނެކަން އަންގާ އިޢުލާން ކުރަމެވެ.