މަޤާމް:
|
ޕެރަލީގަލް
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ލީގަލް އެސޯސިއޭޓް ޕްރޮފެޝަނަލްސް (ރޭންކް/ ގްރޭޑް: ސީ.އެސް 4-7)
|
މުސާރަ:
|
10,520.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
3,000.00 ރުފިޔާ
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
އަސާސީ މުސާރައިގެ 35%
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:
|
ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ކޯޕަރޭޓް އެފެއާޒް (އެޑްމިނިސްޓްރޭޝަން، އެޗް.އާރ އެންޑް އިންފޮމޭޝަން)
|
ތަޢުލީމާއި ތަޖުރިބާ:
|
- ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
- ލީގަލް ދާއިރާގެ އޮނިގަނޑު، ސީ.އެސް 7-3 ގެ ގްރޭޑުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އިންސައްތައިގެ މަތިން މާކްސް ހޯދާފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އަތޮޅު ކައުންސިލްގެ ޤާނޫނީ ޝަޚްޞިއްޔަތު ފުރިހަމަކުރުމަށްޓަކައި ތިރީގައިމިވާ ކަންތައްތައް ކުރުން.
- އަތޮޅު ކައުންސިލުން އެއްވެސް ފަރާތަކާ ދަޢުވާއެއްކުރަން ނިންވައިފިނަމަ، އެ ދަޢުވާއެއް ކުރުން.
- އަތޮޅު ކައުންސިލްގެ މައްޗަށް އެއްވެސް ފަރާތަކުން ދަޢުވާއެއް ހުށަހަޅައިފިނަމަ، އެ ދަޢުވާއެއް ލިބިގަތުން.
- ފުލުހުން ބޭނުންވާ ކަންކަމުގައި، ފުލުހުންނަށް އެހީތެރިކަން ދިނުމާއި، ކައުންސިލަށް ބޭނުންވާ އެހީތެރިކަން ފުލުހުންގެ ކިބައިން ހޯދުން.
- ކައުންސިލްތަކުން ހަދައިގެން ހިންގަންޖެހޭ ޤަވާޢިދުތަކުގެ ތެރެއިން، ޤާނޫނު ނަންބަރު 2010/7 ގެ 152 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އަތޮޅު ކައުންސިލުން ހަދަންޖެހޭ ގަވާއިދުތަކުގެ ޑްރާފުޓް ހަދައި ކައުންސިލަށް ހުށަހެޅުމާއި، ކައުންސިލުން ފާސްކުރާ ޤަވާޢިދުތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން.
- އަތޮޅު ކައުންސިލުން ފާސްކޮށްގެން ޢަމަލުކުރަންޖެހޭ ޤަވާޢިދުތައް ހިންގުމަށް ބޭނުންވާ އުޞޫލުތަކުގެ ޑްރާފްޓް ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުމާއި، ކައުންސިލުން ފާސްކުރާ އުޞޫލުތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން.
- އަތޮޅުކައުންސިލާއި ރަށުކައުންސިލްތަކަށް ބޭނުންވާ ޤާނޫނީ ކަންކަމުގައި ލަފާދިނުން.
- އަތޮޅުގެ ރަށްރަށުގައި ޞުލްޙަ މަޞްލަޙަތާއި އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން.
- އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލުވެގެން ކުރަންޖެހޭ ކަންތައްތަކާއި، ދިމާވާ މުހިންމު ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ ކަންތައްތައް ކުރުން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
2015 މާރިޗު 03 ވަނަ ދުވަހުގެ 11.00 ގެ ކުރިން، 'ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް' ފުރިހަމަކުރުމަށްފަހު މި އިދާރާއަށް.
|
އުޖޫރައާއި ޢިނާޔަތްތައް:
|
- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، ދަތުރު އެލަވަންސް.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، ފ. އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި މުއްދަތު އެނގޭނޭ، އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.
- ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފަކު ފ. އަތޮޅު ކައުންސިލް އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ، އެ ވަޒީފާއަށް ބަދަލުވުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިއުން.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުގެ ތާރީޚާއި ތަފްޞީލް އެނގޭނޭ ލިޔުން (ހުށަހެޅި ފަރާތުގެ ސޮއިކޮށްފައިވާ)
|
އެހެނިހެން ކަންތައްތައް:
|
- މި މަޤާމަށް ކުރިމަތިލާ މީހުންނަކީ، އުމުރުން 55 އަހަރު ވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބަލާނެ ކަންކަން:
|
މި މަޤާމްތަކަށް އެންމެޤާބިލު މީހަކު ހޮވުމުގައި ބެލޭނީ، ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާއާއި، ފެންވަރާއި، ހުނަރާއި، ޤާބިލްކަމާއި، ސިފަތަކަށް ބަލައި، އިންޓަވިއުން އެންމެ މަތީ މާކްސް ހޯދާ މީހެކެވެ. މީގެ އިތުރުން، ސިވިލް ސަރވިސްގެ ވަޒީފާއެއްގައި އުޅޭ ފަރާތްތަކަށް މަސައްކަތުގެ ފެންވަރުބަލާ ފޯމުން، ފާއިތުވީ އަހަރު ހޯދި ނަތީޖާއާއި، ހާޒިރީއާއި، އުޅުމާއި އަޚްލާޤަށް ބަލައި، ކަނޑައެޅިފައިވާ މިންގަނޑުން މާކްސްދެވޭނެއެވެ.
|
އިންޓަވިއު:
|
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުން 2015 މާރިޗު 8 ވަނަ ދުވަހުން ފެށިގެން މި އިދާރާގައި ބާއްވާގޮތަށް ހަމަޖެހިފައިވާތީ، އެ ތާރީޚުން ފެށިގެން އިންޓަވިއުއަށް ތައްޔާރުވެ ރަށުގައި ހާޒިރުވެ ތިބުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އޮފީހުގެ 6740017 ނަންބަރު ފޯނަށާއި، 6740018 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6740019 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.
|