ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ:
ތިރީގައި ބަޔާންކުރެވިފައިވާ ސޮފްޓްވެޔަރތައް މިކުންފުންޏަށް ހޯދުމަށް ބޭނުންވެއެވެ.
1) Document Archiving Software
2) HR Management Software
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އިން 3:30 އާ ދެމެދު މިކުންފުނީގެ މައިއޮފީހަށް ވަޑައިގެން ނަންނޯޓްކުރެއްވުމަށްފަހު، މަސައްކަތާބެހޭ މަޢުލޫމާތު ފޯމު ގެންދެވުމަށްފަހު، 1 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ގ.ފަތުރުވެހި 1 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައިއޮފީހަށް ވަޑައިގެން އެކަމުގެ އަގު އެކުލެވޭ ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ހުޅުވުން އޮންނާނީ ޕްރޮޕޯޒަލްތައް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ހުރިހާފަރާތްތަކުގެ ހާޒިރުގައި، އެދުވަހުގެ ހެނދުނު 11:05 ގައެވެ. މިމަސައްކަތަށް ޕްރޮޕޯޒަލް ހުށަހެޅުއްވޭނީ ކަނޑައެޅިފައިވާ ދުވަހު ނަންނޯޓް ކުރެއްވުމަށްފަހު މަސައްކަތާބެހޭ މަޢުލޫމާތު ފޯމު ގެންދަވާފައިވާ ފަރާތްތަކަށް އެކަންޏެވެ.