ދިވެހިރާއްޖެ
އިޢުލާން
ހއ.ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ކޯޓު ހިންގުމަށް ހަދާފައިހުރި ޢިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ
ހއ.ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ކޯޓު ހިންގުމަށް ހަދާފައިވާ ޢިމާރާތުގެ ނުނިމިހުރި މަސައްކަތްތައް މިކޯޓުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިކޯޓުގެ ނަންބަރު A6C-C2/2023/21 (17 ޖުލައި 2023) އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބު އަގު ބޮޑުކަމަށް ފެންނާތީ، އެ އަންދާސީ ހިސާބު ބާޠިލްކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ވުމަށްޓަކައި ކުންފުނީގެ ނުވަތަ ވިޔަފާރީގެ ނަމާއި، އީމެއިލް އެޑްރެސް އަދި ފޯނު ނަންބަރު، މި ކޯޓުގެ މެއިލް އެޑްރެސް [email protected] އަށް 2023 އޮގަސްޓް 20 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އީމެއިލް ކުރެއްވުމަށްފަހު، ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ހއ.ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފްކުރުމުގެ ސެޝަނަށް ޙާޟިރުވި ފަރާތްތަކަށް އެކަންޏެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
އަންދާސީ ހިސާބު ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން |
20 އޮގަސްޓް 2023 |
އާދިއްތަ |
13:30 |
އަންދާސީ ހިސާބު ހުށަހަޅާ ފޯމް ބަލައިގަތުން |
27 އޮގަސްޓް 2023 |
އާދިއްތަ |
13:30 |
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 މުޙައްރަމް 1445