އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ ލިސްޓް ޢާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

 

އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ

ދިގުރަށް، ދިވެހިރާއްޖެ.

 

   ނަންބަރު: (IUL)353/353/2023/42

އިޢުލާން

 

އދ.ދިގުރަށުން ބަންޑާރަ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓް ޢާންމުކުރުން

 

މިއިދާރާގެ ނަންބަރު: (IUL)353/353/2023/42 (06 އޭޕްރީލް 2023) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

ދިގުރަށުން ދޫކުރުމަށް ހަމަޖެހިފައިވާ 77 ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓް ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ. ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 21 އޮގަސްޓް 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

ވީމާ، ޝަކުވާ ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ރިސެޕްޝަނަށް ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް: [email protected] އަށް ލިޔުމުން ޝަކުވާ ހުށަހެޅުއްވުން އެދެމެވެ.

27 މުޙައްރަމް 1444

14 އޮގަސްޓް 2023

 

 

 

 

 

 

 

 

 

(ސޮއި)

އިބްރާހީމް ޢުޘްމާން

އދ. ދިގުރަށު ކައުންސިލްގެ ރައީސް

14 އޮގަސްޓް 2023
ހޯދާ