ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީ ބައްތި، ބަނދަރު ބައްތި، ޕާކް ބައްތި އަދި ގަބުރުސްތާން ބައްތި ބެލެހެއްޓުމާއިގުޅޭ

            މިރަށުގެ މަގު ބައްތިތަކާއި ބަނދަރު ބައްތިތަކާއި ކުޑަކުދިންގެ ޕާކް ބައްތިތައް އަދި ގަބުރުސްތާނު ބައްތިތަކަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

            ވީމާ 1 އަހަރު ދުވަހުގެ މުއްދަތަކަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 15 އޮގަސްޓް 2023 އިން 23 އޯގަސްޓް 2023 އަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރު 13:30 އަށް މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ [email protected] އަށް އީމެއިލް ކުރައްވައިގެން، ނުވަތަ ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަ ކުރައްވައިގެން ރަޖިސްޓްރީވުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންނަށެވެ.

    ފޯމުގެ ލިންކު: https://forms.office.com/r/7ZuHMi2uU9

            މި މަސައްކަތާގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ، 2023 އޯގަސްޓް 23 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލު ކުރައްވައިގެން ނުވަތަ މިއިދާރާގެ ނަންބަރު 6501014 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި މި ބީލަމާއިގުޅޭ ޕްރީ ބިޑް މީޓިން އޮންނާނީ 17 އޮގަސްޓް ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގައި އުލިގަމު ކައުންސިލްގެ މީޓިން ރޫމްގައެވެ. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 2023  އޮގަސްޓް 24 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިއިދާރާގެ މީޓިންގ ރޫމުގައެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

15 އޮގަސްޓް 2023
ހޯދާ