ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރިއަށްގެންދާ އައްޑޫ ސިޓީގެ މަގު ހެދުމާއި ފެންހިންދުމުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް އިތުރަށް ފުރިހަމަކަމާއިއެކު ކުރިއަށްގެންދިއުމަށް އަންނަނިވި ދާއިރާގެ މުވައްޒަފުން ބޭނުންވެއެވެ. މިމަޤާމުގެ މަސައްކަތްތަކާއި މިމަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރ) މި ޢިއުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.
މަޤާމު |
އަދަދު |
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ |
01 |
ވީމާ، މި މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން 2023 އޮގަސްޓް 27 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) އަށް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ހިއުމަން ރިސޯސް ޑިޕާޓްމަންޓް / މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީ މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯން: 4004707 / 4004774
އީ-މެއިލް: [email protected] ވެބްސައިޓް: www.planning.gov.mv
27 މުޙައްރަމް 1445