ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލްގެ ލޯގޯ ފަރުމާ ކުރުމުގެ ފުރުޞަތު

ހދ އަތޮޅު ކައުންސިލް އިދާރާގެ ލޯގޯ ފަރުމާ ކުރުމަށް ކުރެވުނު 2023/06 ޢިއުލާނު ބާތިލުކޮށް އަލުން މި މަސައްކަތް ކުރުމަށް، ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިއިޢުލާނާ އެކުގައިވާ މައުލޫމާތު ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށް ލޯގޯ ފަރުމާކުރެއްވުމަށްފަހު މިއިދާރާއަށް ހުށައެޅުވުން އެދެމެވެ.

ހދ އަތޮޅު ކައުންސިލް އިދާރާގެ ލޯގޯ ފަރުމާ ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 28 އޮގަސްޓް 2023 ގެ 11:00 އަށް މި އިދާރާއަށް ލޯގޯތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ

ފޯން: 6521637

އީމެއިލް: [email protected]

13 އޮގަސްޓް 2023
ހޯދާ