ދިވެހިރާއްޖެ
ނަންބަރު:2023/14/(IUL)P2C
އިޢުލާން
މިކޯޓުގެ ވައިރިންގް ރަގަނޅު ކޮއްދޭނެ ފަރާތެއް ހޯދުން
މިކޯޓުގެ ވައިރިންގް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާން ނަންބަރ 2023/13/(IUL)P2C އިޢުލާނާއި ގުޅިގެން އެސްޓިމޭޓް ހުށަހަޅާފައިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަށް ހަމަނުވާތީ، އެއިޢުލާން ވަނީ ބާތިލް ކުރެވިފައެވެ. މައުލޫމާތު ޝީޓަށް ބަދަލު ގެނެވި މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.
މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ 20 އޮގަސްޓް 2023 ވަނަ ދުވަހު 12:00ގެ ކުރިން 9553003 ނަންބަރަށް ގުޅުއްވައިގެން ނުވަތަ މިކޯޓުގެ މެއިލް އެޑްރެސް [email protected] އަށް މެއިލް ކޮށްގެން ބޭނުންފުޅުވާ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އެދުވަހުގެ (20 އޮގަސްޓް 2023) 13:00 އަށް މިކޯޓަށް ޙާޟިރުވެ އެސްޓިމޭޓު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މައުލޫމާތު ސާފުކުރުމަށް މިކޯޓުގެ ނަންބަރު 6820031 ގުޅުއްވުން އެދެމެވެ.