ބ. މާޅޮހު އިންޑޯރ ބެޑްމިންޓަން ކޯޓު (އަޞްފަރުހޯލު) މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު، ނަންބަރު: (IUL)319/319/2023/26 (02 އޮގަސްޓް 2023) ގެ އިޢުލާނަށް އެއްވެސްފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުސަތު ހުޅުވާލަމެވެ.
|
ޕްރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން
|
- މި އިޢުލާނާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.
- އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 2023 އޮގަސްޓް 14 ވާ ހޯމަ ދުވަހުގެ 11:00ގައި، ބ. މާޅޮހު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
- ބިޑް/ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.
- ރަޖިސްޓްރީ ވުމަށްފަހު، މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކަށް ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
- ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު، ބައްދަލުވުން ފެށެމުގެ ކުރިން (ފުރިހަމަ ނަމާއި، އައިޑީކާޑު ނަންބަރ އަދި ގޫޅޭނެ ނަންބަރ ) [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
|
ނަން ނޯޓް ކުރުން / ރަޖިސްޓްރޭޝަން
|
- ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 2023 އޮގަސްޓް 14 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން ބ. މާޅޮހު ކައުންސިލްގެ އިދާރާއަށް ދުރުވެ، މެއިލްގެ ޒަރިއްޔާއިން ނުވަތަ ފޯނުން ގުޅައިގެން ނަން ނޯޓް ކުރުން އެދެމެވެ.
ފޯން ނަންބަރ: 4006020 އީމެއިލް: [email protected]
|
ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން
|
- ބިޑް / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2023އޮގަސްޓް 17 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ބ. މާޅޮހު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
- އަގު ހުށަހަޅުއްވާނީ މި ޢިއުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ އަގު ހުށަހަޅާ ފޯމުގައެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އޮންލައިންކޮށް ބިޑު ހުށަހަޅުއްވާ ފަރާތްތަކުން ބިޑް/ ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ ވަގުތުގެ 10 މެނެޓް ކުރިން މި އިދާރާގެ އިންފޮމޭޝަން މެއިލް އަށް ([email protected]) އަންދާސީ ހިސާބު މެއިލް ކުރައްވައި ([email protected]) އަށް ސީ.ސީ ކުރެއްވުން އެދެމެވެ.
- އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާ ނަމަ،ފޮނުވާ ފަރާތުގެ މަޢުލޫމާތު، ބައްދަލުވުން ފެށެމުގެ ކުރިން (ފުރިހަމަ ނަމާއި، އައިޑީކާޑު ނަންބަރ އަދި ގޫޅޭނެ ނަންބަރ ) [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
|
އިތުރު މާޢުލޫމާތު:
|
މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ ބ.މާޅޮސް، ދިވެހިރާއްޖެ
ފޯން ނަންބަރ: 9555951/ 7612867 އީމެއިލް: [email protected]
|