އދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:                             

މި މަރުކަޒުން 2 ފެބުރުވަރީ 2014 ގައި ކުރި، ނަންބަރު IUL)GS-10/INDIV/2015/4 ގެ އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ މަޤާމަށް އިޢުލާން ކުރަމެވެ.

މަޤާމު

މަސައްކަތު

މަޤާމުގެ ނަންބަރު

114388

ބޭނުންވާ އަދަދު

1 (އެކެއް)

ކްލެސިފިކޭޝަން

ސަޕޯޓް ސަރވިސް ގްރޭޑް 1

ރޭންކް

އެސް އެސް 1

މުސާރަ

-/3100 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް

-/1000 ރުފިޔާ (މަހަކު)

އިތުރުގަޑީގެ ފައިސާ

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް/ސެކްޝަން/ތަން

އދ. އަތޮޅު ތަޢުލީމީ މަރުކަޒު، އދ. މަހިބަދޫ

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު

- ސުކޫލުތެރެ ސާފުކޮށް ބެލެހެއްޓުން.

- ފާޚާނާއާއި ކްލާސްރޫމް ފަދަ ތަންތަން ސާފުކޮށް ބެލެހެއްޓުން.

- އިދާރާއިން އެކިއެކި ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، ލިޔެކިޔުން ހަވާލުކުރުން. 

- ޖަލްސާތަކާއި މުބާރާތްތަކަށް ތަން ތައްޔާރުކުރުމާއި، ތަންޒީނަތްތެރިކުރުމަށް ކުރާ މަސައްކަތްތައް ކުރުން. 

- މުވައްޒަފުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރުން.

އަސާސީ ޝަރުޠު

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން.

މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި މި ސިފަތަކަށެވެ.

އިންޓަވިއުއާއި ޕްރެކްޓިކަލްސްއާއި އިމްތިޙާންކުރުން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚާއި ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި އދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށްޓަކައި މި މަރުކަޒުގެ 6680024 ނަންބަރު ފޯނަށާއި، 9901891 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ފުރިހަމަކުރެވިފައިވާ، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ. ސިވިލް ސަރވިސް ނުވަތަ ސަރުކާރުގެ އެހެން އިދާރާއެއްގައި މަސައްކަތްކުރާ މުވައްޒަފެއްކަމުގައިވާނަމަ، އެ އިދާރާއަކުން އެ މުވައްޒަފު މި ވަޒީފާއަށް ބަދަލުވުމާމެދު އިޢުތިރާޒު ނުކުރައްވާކަމުގެ ލިޔުން.

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ސާފުކޮޕީއެއް.

ރ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

ބ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (އެޓެސްޓްކުރެވިފައިވާ)

ޅ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މި މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2015 ފެބުރުވަރީ 25 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު، އދ. އަތޮޅު ތަޢުލީމީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.

26 ރަބީޢުލްއާޚިރު 1436

16 ފެބުރުވަރީ 2015
ހޯދާ