ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

އޮފިސަރ

ވަޒީފާގެ ދާއިރާ:

ހުޅުމާލެ ޕަވަރހައުސް

ބޭނުންވާ ޢަދަދު:

01

މުސާރަ:

-/8,000ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

 ފެންވަރު ނުވަތަ ޝަރުޠު:

  • ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ؛
  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި ޕްރޮކިއުމަންޓް ދާއިރާގައި މަސައްކަތްކޮށް މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • މުވައްޒަފުންގެ ޑެއިލީ ރިކޯޑްސް ބެލެހެއްޓުން.
  • މުވައްޒަފުންގެ މުސާރަ އަދި ޙާޟިރީ ރިޕޯޓުތައް ހެދުމާއި ރިކޯރޑްސް ބެލެހެއްޓުން.
  • އިންޖީނުގެއަށް ބޭނުންވާ ޑީސަލް އަދި ލުބުއޮއިލް ރިކުއެސްޓް ކުރުމާއި ގުޅުންހުރި މުއައްސަސާތަކަށް އެފަދަ ރިކުއެސްޓްތައް ފޮނުވުން.
  • އިންޖީނުގޭގެ ޕެޓީކޭޝް ބެލެހެއްޓުމާއި ރިޕޯރޓް ހެދުން.
  • އިންޖީނުގެއަށް ލިބޭ ޑީސަލް، ލުބް އޮއިލް އަދި އެހެނިހެން ބިލްތަކުގެ އެކްސެޕްޓެންސް ނޯޓް ހަދާ ޕޭމަންޓް ޕޮރޮސެސިންއަށް ފައިނޭންސް ޑިޕާޓްމަންޓަށް ފޮނުވުން.
  • އިންޖީނުގެއިން ތައްޔާރުކުރަންޖެހޭ ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުމާއި ރިކޯރޑްސް ބެލެހެއްޓުން.
  • އިންޖީނުގޭގެ ބެޖެޓަށް ބޭނުންވާ ތަކެތި ބަލާ، ބެޖެޓް ހެދުމުގެ މަސައްކަތުގައި އެހީތެރިވުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

14 އޮގަސްޓު 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް 14 އޮގަސްޓު 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

23 މުޙައްރަމް 1445

10 އޮގަސްޓު 2023

10 އޮގަސްޓް 2023
ހޯދާ