އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގައި ލައިޓްޖެހުމުގެ ޓެކްނިކަލް ޑްރޯވިންނާއި، އަންދާސީހިސާބު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ފުޓްބޯޅަދަނޑުގައި ލައިޓް ޖެހުމުގެ ޓެކްނިކަލް ޑްރޯވިންއާއި، އަންދާސީހިސާބު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް:

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫގެ ފުޓްބޯޅަދަނޑުގައި ލައިޓްޖެހުމުގެ ޓެކްނިކަލް ޑްރޯވިންއާއި، ލައިޓް ޖެހުމުގެ މަސައްކަތުގެ އަންދާސީހިސާބު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 13:30 އަށް މިކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިމަސައްކަތް ކޮށްދެއްވާނެ އަގު ބަޔާންކޮށް ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ޕްރޮޕޯޒަލްތައް ކެނޑުން އޮންނާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި 26 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައެވެ. އެހެންކަމުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، ލިޔުން ހަވާލުކޮށްފައި ބަދަލުގައި ފޮނުވާ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ ތާރީޚުތަކަށް ސަމާލުކަންދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިގެންނެވި ބޭފުޅުންނަށް ލިޔުން ހަވާލުކޮށްފައި ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.

މަތީގައި ދެންނެވިފައިވާ މަޢުލޫމާތު ދިނުމުގެ ސެސަނަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިއިދާރާގެ ނަންބަރު 3/IUL)343-AS/2015)ފ(18 ޖަނަވަރީ 2015) އިޢުލާނާ އެއްގޮތަށް ޕްރޮޕޯޒަލް ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތެއްކަމުން، އެއިޢުލާން ބާޠިލުކޮށް އެފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ރަބީޢުލްއާޚިރު 1436

16 ފެބުރުވަރީ 2015
ހޯދާ