މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކާއި ގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2023 އޮގަސްޓް 12 އަދި 13 ވަނަ ދުވަހުގެ 18:00 އިން 23:59 އަށް ކ. ގިރިފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ގިރިފުށީގެ ފަޔަރިން ރޭންޖްއިން ހުޅަނގު ދެކުނު ފަރާތުން 4500 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރެވެ.

 

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

10 އޮގަސްޓް 2023
ހޯދާ