މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނަލަފިލާ އަދި ސީލިންގުތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް
- ނަލަފިލާ އަދި ސީލިންގުތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އެހެންކަމުން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 10 އޮގަސްޓު 2023 އިން 21 އޮގަސްޓު 2023 ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. (ތިރީގައިވާ އީމެއިލް މެދުވެރިކޮށްވެސް ނަންނޯޓް ކުރެވޭނެއެވެ). އީމެއިލް ކުރައްވާއިރު ތިރީގައިވާ ބައިތައް ހިމެނުއްވުން އެދެމެވެ.
- ކުންފުނީގެ ނަން
- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.
- ކުރިމަތިލާ މަސައްކަތާއި އިޢުލާން ނަންބަރު
- ރަޖިސްޓްރީ ނަންބަރު.
- އީމެއިލް އެޑްރެސް.
- ގުޅޭނެ މޯބައިލް ނަންބަރު.
3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 22 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 29 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މުޙްޔިއްދީން ސްކޫލް-
- އީ-މެއިލް: [email protected]
- ކޮޕީ އީ-މެއިލް: [email protected]
5. ބީލަން ހުޅުވުން އޮންނާނީ 30 އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
10 އޮގަސްޓް 2023
ހޯދާ