މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ދޮންފަނު ކައުންސިލްގެ އައު އޮފީސް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުން.

ބ.ދޮންފަނު ކައުންސިލްގެ އައު އޮފީސް, އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެ ކޮށްފައިވާ ނަންބަރު (IUL)317-PP/AD/2023/64 ( 18 ޖުލައި 2023 ) އިޢުލާނަށް ބީލަން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށާއި އަދި ހުށަހެޅުނު އަންދާސީ ހިސާބުގެ މަޢުލޫމާތު ފުރިހަމަނުވާތީ އެއިޢުލާން ބާތިލް ކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 10 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން 16 އޮގަސްޓް 2023  ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected]  އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 21 އޯގަސްޓް 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00ގައި މި ކައުންސިލްގެ އިދާރާގައެވެ. މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 20 އޮގަސްޓް 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

10 އޮގަސްޓް 2023
ހޯދާ