ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ. އޮޅުވެލިފުށި ފުޓުބޯޅަ ދަނޑުގެ ފަށާފާރު އަދި ފެންސުޖެހުމުގެ މަސައްކަތް ފުރިހަމަކުރުން

އިޢުލާން:

އޮޅުވެލިފުށީ ފުޓުބޯޅަ ދަނޑުގެ ފަށާފާރު ރޭނުމާއި، ފެންސު ޖެހުމުގެ މަސައްކަތް ފުރިހަމަކުރުން

 

         އޮޅުވެލިފުށީ ފުޓުބޯޅަ ދަނޑުގައި ކުރަންފަށާފައިވާ ވަށާފާރު ރޭނުމާއި ފެންސުޖެހުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮންޓްރެކްޓް އުޞޫލުން ފުރިހަމަކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ  މިކަމަށް ޝައުގުވެރިވާ ފާރާތްތަކުން ބިޑް ޑޮކިއުކްމެންޓް ބައްލަވާގަނެ، ބިޑް ޝަރުތު ހަމަވާނަމަ ތިރީގައި ދެންނެވިފައިވާ ތާރީޚްގައި ބިޑް ހުށަހެޅުއްވުން އެދެމެވެ.

ބިޑް ޑޮކިޔުމެންޓްސް ވިއްކުން

ބިޑް ޑޮކިއުމެންޓުސް ގަންނަން ލިބެން ހުންނާނީ 10 އޮގަސްޓް 2023 (އާދިއްތަ) ދުވަހުން ފެށިގެން 16 އޮގަސްޓް 2023 ( ބުދަ) ދުވަހުގެ  ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ 9:00 ން 12:00 އާއި ހަމަޔަށް އޮޅުވެލިފުށީ ކައުންސިލް އިދާރާގެ ބަޖެޓް ޔުނިޓުންނެވެ. ބިޑް ޑޮކިއުމެންޓް ވިއްކާ އަގަކީ 100 ރުފިޔާއެވެ. ބިޑް ގަތުމަށް އޮޅުވެލިފުށި ކައުންސިލްގެ ބަޖެޓް ޔުނިޓްގެ ވައިބަރ ނަމްބަރ 7652350 އަށް ޑިޕޮސިޓް ސްލިޕާއިއެކު ބިޑް ގަންނަ ފަރާތުގެ މަޢުލޫމާތު ފޮނުއްވުމަށް އެދެމެވެ.

                    އެކައުންޓް ނަންބަރ: 7705 700431 001

                    އެކައުންޓް ނަން:   REVENUE 1

ތަފްސީލް

ތާރީޚް

ގަޑި

މައުލޫމާތު ދިނުން

17 އޮގަސްޓް 2023

11:00

އަންދާސީ ހިސާބު ހުށަހެޅުން

22 އޮގަސްޓް 2023

11:00

 

 

                         

 

 10 އޮގަސްޓް 2023

10 އޮގަސްޓް 2023
ހޯދާ