ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ގދ. މަޑަވެލި ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، ގދ. މަޑަވެލި ޤަބުރުސްތާނުގެ ވަށައި ފާރުގެ ބުޑާއި ފައުންޑޭޝަނާއި، ތަނބުތައް ޖަހައި، ފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 13 އޮގަސްޓް 2023 ން 17 އޮގަސްޓް 2023 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް، ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:00 ން 14:00 އާއިދެމެދު، މަޑަވެލި ކައުންސިލްގެ އިދާރާއަށް ޙާޒިރުވެ، ރެޖިސްޓަރ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ވުމުން، މަސައްކަތު މަޢުލޫމާތު ކަރުދާހާއި އަދި އަގު ހުށަހަޅާ ފޯމު ލިބިވަޑައިގަންނަވާނެއެވެ.

މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީ ބިޑް ސެޝަން 20 އޮގަސްޓް 2023 ވަނަ ދުވަހުގެ މެންދުރުފަހު 13:20 ގައި މަޑަވެލި ކައުންސިލް އިދާރާގެ މީޓިން ހޯލުގައި އޮންނާނެއެވެ. އަދި، އަންދާސީ ހިސާބު ބަލައިގަތުން 22 އޮގަސްޓް 2023 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގައި މަޑަވެލި ކައުންސިލް އިދާރާގެ މީޓިންގ ހޯލުގައި އޮންނާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި، ރެޖިސްޓަރ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 އޮގަސްޓް 2023
ހޯދާ