ދިވެހިރާއްޖެ
އިޢުލާން
މިބިއުރޯގަ ހުރި ބައު ތަކެތި ނީލަމުގައި ވިއްކުން
މި ބިއުރޯގެ ނަމްބަރު: 26 (IUL)457-AS/1/2023/ ( 8 ޖޫން 2023 ) އިއުލާންގައިވާ ގޮތުގެމަތިން 17 ޖޫން 2023 ވަނަ ދުވަހު ބޭއްވުނު ނީލަމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައި ނުވާތީވެ، މިތަކެތި އަލުން ނީލަން ކިޔުން 19 އޯގަސްޓް 2023 ވާ ހޮނިހިރު ދުވަހު 14:00 ގައި މިބިއުރޯ ހިނގަމުންދާ އިމާރާތް، ދާރުލް އީމާން ބިލްޑިންގ ގެ 9 ވަނަ ފަންގެފިލާގައި އޮންނާނެއެވެ.
މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2023 އޯގަސްޓް 17 ވާ ބުރަސްފަތި ދުވަހުގެ މެންދުރު 15:00 އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް " ދާރުލް އީމާން ބިލްޑިންގ" ގެ 9 ވަނަ ފަންގެފިލާއަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން، 2023 އޯގަސްޓް 19 ވާ ހޮނިހިރު ދުވަހުގެ މެންދުރު 14:00 އަށް މިބިއުރޯ ހިނގަމުންދާ އިމާރާތް " ދާރުލް އީމާން ބިލްޑިންގ" ގެ 9 ވަނަ ފަންގެފިލާއަށް އަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ދެއްކުމަށްފަހު ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރުމަށްފަހު އެތަކެތި ނުގެންދާ ފަރާތްތަކަށް މި އޮފީހުން ބާއްވާ ނީލަންތަކުގައި ދެން ބައިވެރި ވެވޭނީ 3 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ. އަދި މިކަމަބެހޭ ގޮތުން އިތުރު މައުލޫމާތު އޮޅުންފިލުވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު 3008400 އަށް ގުޅުއްވުން އެދެމެވެ.
23 މުޙައްރަމް 1445
6 އޯގަސްޓް 2023