މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-326331

އޮފީސް ސެކްޝަން:

އެޑްމިނިސްޓްރޭޝަން ސެކްޝަން

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ 5 ވަނަ ފަންގިފިލާ)

މުސާރަ:

5020.00

ސަރވިސް އެލަވަންސް:

1500.00

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)
  2. ސަޕޯރޓިންގ ކޯ އެލަވަންސް: 700 ރުފިޔާ (މަހަކު)
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ޖެމްސް، ފެކްސް އަދި އޮފީހުގެ ރިސެޕްޝަނަށް އަންނަ ލިޔެކިއުންތައް ބަލައިގަނެ، އެންޓަރކުރަންޖެހޭ ލިޔެކިޔުންތައް އެންޓަރކޮށް ކަނޑައެޅިފައިވާ ސެކްޝަންތަކަށް ޤަވާއިދުން ރޫޓްކުރުން  

2- އޮފީހަށް އަންނަ ފޯނު ކޯލުތަކަށް ޖަވާބުދީ، މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް، އެންމެ އެދެވިގެންވާ ފެންވަރެއްގައި މި ޚިދުމަތް ފޯރުކޮށްދިނުން    

3- އޮފީހަށް ޚިދުމަތް ހޯދުމަށް ނުވަތަ ބައްދަލުވުންތަކަށް އަންނަ މީހުންނަށް މެހުމާންދާރީ އަދާކުރުން.

4-  އޮފީހަށް ޚިދުމަތް ހޯދުމަށް އަންނަ ފަތުރުވެރިން ނުވަތަ ރާއްޖޭން ބޭރުގެ އިންވެސްޓަރުންނާ މުޢާމަލާތުކޮށް، ބޭނުންވާ މަޢުލޫމާތާއި ޚިދުމަތް ފޯރުކޮށްދިނުން.    

5- އޮފީހުން ބޭރަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވުމުގެ އެންމެހާ އިދާރީ މަސައްކަތް ކުރުން    

6- މަސައްކަތާއި ގުޅިގެން އައުކުރަންޖެހޭ ހުރިހާ ފޮތްތައް އަހަރު ފެށުމުގެ ކުރިން އައުކުރުން

7- ޝެކްސަންގެ މުއައްޒިފެއް ނެތް ހިނދެއްގައި އެ މުއައްޒިފެއްގެ މަސައްކަތްކުރުން.    

8- އޮފީހުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1- 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

2- 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 ނުވަތަ

3- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 ނޯޓް: މަތީގައިވާ ތިންވަނަ ޝަރުޠުން މަޤާމަށް ޝަރުޠު ހަމަކުރުމުގައި، މަޤާމަށް ކުރިމަތިލާފައިވާ ފަރާތުން 'ދިވެހި ބަހުގެ ދާއިރާ' އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވައިވުމާކު، އެ ސަނަދުން ޖީ.އެސް. 4 ގެ ޝަރުޠުގައި ހިމެނޭ ދެ ކޮމްޕޯނަންޓް ފުރިހަމަވާ ކަމުގައި (އެ ސަނަދުން މަޤާމަށް ޝަރުޠު ހަމަވާކަމުގައި) ބަލަންވާނެއެވެ.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ނެތް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

  • ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

  • ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6.މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 އޮގަސްޓު 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، އީ-މެއިލް މެދުވެރިކޮށް [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން އާއިއެކު ހުށަހަޅާ ހުރިހާ ޑޮކިއުމަންޓެއް އެއްފައިލް އަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު މެއިލް ކުރައްވާއިރު މެއިލްގެ ސަބްޖެކްޓްގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުން އެދެމެވެ.

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނާއި އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ 20 އޮގަސްޓު އާއި 10 ސެޕްޓެމްބަރ 2023 ޢާއި ދެމެދު މިނިސްޓްރީ އޮފް ޓޫރިޒަމްގައެވެ. އަދި މިމުއްދަތުގެ ތެރޭގައި އިންޓަރވިއު ނުބޭއްވޭނަމަ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރަންޖެހޭ ފަރާތްތަކަށް މުއްދަތު ހަމަވުމުގެ ކުރިން އެކަން އެންގޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3022226 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

10 އޮގަސްޓް 2023
ހޯދާ