އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ކައުންޓަރުގެ ޚިދުމަތް ދޭ ދުވަސްތަކަށް ބަދަލުގެނައުން

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ކައުންޓަރުގެ ޚިދުމަތް ދޭ ދުވަސްތަކަށް ބަދަލުގެނައުން

 

              މި އޮފީހުގެ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމުމަށްޓަކައި އޮފީހުގެ މަސައްކަތްތައް ކުރިއަށްގެންދަމުން އައި ގޮތަށް ގެނެވުނު ބަދަލުތަކާއި ގުޅިގެން، 10 އޯގަސްޓް 2023 އިން ފެށިގެން މި އޮފީހުގެ ކައުންޓަރުގެ ޚިދުމަތް ދޭ ދުވަސްތަކަށް ބަދަލުއައިސްފައިވާ ވާހަކަ އާންމުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އެގޮތުން، އޮފީހުގެ ކައުންޓަރުގެ ޚިދުމަތް ލިބެން ހުންނާނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހާއި ހަމައަށެވެ. އަދި ބުރާސްފަތި ދުވަހަކީ އޮފީހުގެ ކައުންޓަރު ބަންދު ދުވަހެއްކަމަށާއި އެހެންނަމަވެސް، ފޯނުގެ ޒަރިއްޔާއިން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ. މިގޮތުން، މި އޮފީހުގެ ހޮޓްލައިން ނަންބަރު 7337486 އަށް ފޯނުން ގުޅައި، ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށް އަދި [email protected] އަށް އީމެއިލް ކުރައްވައިގެންވެސް ބޭނުންފުޅުވާ މަޢުލޫމާތު ސާފުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

            22  މުޙައްރަމް 1445

09 އޮގަސްޓް 2023
ހޯދާ