ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސެކްރެޓަރީ

                                  ވަޒީފާގެ ފުރުޞަތު

މަޤާމު

ބޭނުންވާ ޢަދަދު

ޝަރުޠު

މަސައްކަތްކުރަންޖެހޭ ރަސްމީ ގަޑި

މުސާރަ

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް

ކޯޕަރޭޓް އެފެއާރޒް ޑިޕާޓްމަންޓް

ސެކްރެޓަރީ

 

01

ޖީސީއީ އޭލެވެލް އިން 2 މާއްދާއިން ފާސްވެފައިވުން

ހެނދުނު 8.00 އިން  މެންދުރުފަހު 15.00  އަށް،

މަހަކު

-/7600 ރުފިޔާ

 

  • މުވައްޒަފުންގެ ވަޒީފާއާ ގުޅުންހުރި ލިޔެކިޔުންތައް ތައްޔާރުކުރުކޮށް ބެލެހެއްޓުން.
  • ވަޒީފާތަކަށް މީހުން ހޯދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައްކުރުން.
  • ކޮމިޝަންގެ ދުވަހު ޔައުމިއްޔާ ލިޔުން.
  • ޑިޕާޓްމަންޓަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށް ދިނުން.

ނޯޓް: ފުރަތަމަ 3 މަސްދުވަހުގެ ޕްރޮބޭޝަނަށްފަހު، ވަޒީފާ ދާއިމީވުމުން މުސާރައިގެ އިތުރުން ކޮންމެ މަހަކު ލިވިން އެލަވަންސްގެ ގޮތުގައި -/3,000 ރުފިޔާ  އަދި ސަރވިސް އެލަވަންސްގެ ގޮތުގައި -/3500 ރުފިޔާ ކަނޑައެޅިފައިވާ އުސޫލުން ލިބޭނެއެވެ. މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. މިމަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ކުރިމަތިލާކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން ޕީރިއެޑް ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި: ވަޒީފާއަށް އެދި ފޮނުވާ ސިޓީ، މިކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުންނާއި މި ކޮމިޝަނުގެ ވެބްސައިޓް www.hrcm.org.mv އިން ލިބެންހުންނާއެވެ.) ވަނަވަރު، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި)، އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޕޮޓޯކޮޕީ.

ސުންގަޑި:  2015 ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން. (ވަޒީފާއަށް އެދި ފޮނުއްވާ ސިޓީ އާއި ތަކެތި ބަލައިގަންނާނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ކައުންޓަރުންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ , 30031733003143 ނަންބަރުގެ ފޯނަށެވެ.

20 ރަބީޢުލްއާޚިރު 1436 

10 ފެބުރުވަރީ 2015
ހޯދާ