ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކުކް

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ކުކް

އަދަދު: 01

ކޮންޓްރެކްޓްގެ މުއްދަތު: 09 މަސްދުވަސް

އަސާސީ މުސާރަ: -/7710 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: އެމް.ޓީ އަލިހުރަސް

އެހެނިހެން އިނާޔަތްތައް:

  • ފިކްސްޑް އޯވަރޓައިމް އެލަވަންސް: -/3855ރ.
  • ޓޭންކަރ އެލަވަންސް: 1156.50ރ.
  • ލީވްވޭޖަސް: -/7710ރ.  ކޮންޓްރެކްޓް ފުރިހަމަކުރުމުން.
  • ޕެންޝަން: ވަޒީފާއާއި ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތީން ޕެންޝަނަށް ފައިސާ އުނިކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކެއުން ތައްޔާރުކުރުން
  • ބޯޓުފަހަރުގެ ކެއުމުގެ ކަންތައް ހަމަޖެއްސުން
  • ކެއުމަށް ހަމަޖެހިފައިވާ ސަރަޙައްދު ސާފުތާހިރުކޮށް ބެލެހެއްޓުން

ތަޢުލީމާއި ތަޖްރިބާ:

  • މަސައްކަތާގުޅޭ ދާއިރާއަކުން ތަޢުލީމް ހާސިލުކޮށްފައިވުން އަދި މަދުވެގެން ދެއަހަރުދުވަހުގެ ތަޖްރިބާ ލިބިފައިވުން
  • ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 ފެބުރުވަރީ 26ވާ (ބުރާސްފަތި) ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުން ނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސަރޓިފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސަރޓިފިކެޓްތަކުގެ އަސްލާއިއެކުގައެވެ.)
  • މިމަޤާމަށް މުވައްޒަފުންހޮވާނީ ތަޢުލީމީ ސެޓުފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށްކިޔޭނީ ހަމައެކަނިޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާހަމަޖެއްސުމުގައި ޕޮލިސްރިޕޯރޓް/މެޑިކަލް ރިޕޯރޓް/ ކުށުގެރިކޯޑަށްބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272ފެކްސް:  3344041 ވެބްސައިޓް: www.stomaldives.com                                                                                                                     

12 ފެބުރުވަރީ 2015

12 ފެބުރުވަރީ 2015
ހޯދާ