ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މުޅި ޢިމާރާތުގެ ކަރަންޓް ވިޢުގަ ބަދަލުކުރުމުގެ މަސައްކަތް

ނަންބަރު: B17C-A/2023/9

                                                             

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މިކޯޓުގެ ތިރީގައިވާ މަސައްކަތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1.1.   މުޅި ޢިމާރާތުގެ ކަރަންޓް ވިޢުގަ ބަދަލުކުރުމުގެ މަސައްކަތް (ތްރީފޭސް ކުރުމާއި އެކު)

  1. މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

2.1- ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.

                        I.         ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.

                      II.         ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

                     III.         ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

                    IV.         އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

2.2- 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް

  1. މިމަސައްކަތާއި ގުޅޭ ތަފްޞީލް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 އޯގަސްޓް 15 ވާ އަންގާރަ ދުވަހުގެ 13:00 ގައި މަކުނުދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.މައުލޫމާތު ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
  2. ބީލަން  ހުށައެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ  2023 އޯގަސްޓް 20 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މަކުނުދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.
  3. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަކުނުދޫ މެޖިސްޓްރޭޓް ކޯޓް، ހދ މަކުނުދޫ، ދިވެހިރާއްޖެ،ފޯން: 6520078  ،އީ-މެއިލް: [email protected]

‏23‏ މުޙައްރަމް‏ 1445

‏09‏ އޮގަސްޓް‏ 2023

 

09 އޮގަސްޓް 2023
ހޯދާ