އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުން

ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސް  ފާހަގަކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޔޫތް ސެންޓަރ ގައި އަންހެން އަދި ފިރިހެން ޒުވާނުންނަށް ޙާއްސަ ކުޅިވަރު މުބާރާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން:

ކުޅިވަރު

ބައިވެރިވެވޭ ފަރާތް

އުމުރު

ޓޭބަލް ޓެނިސް

ފިރިހެން

18-40 އަހަރު

ބިލިއާޑް

ފިރިހެން

18-40 އަހަރު

ޕީ.އެސް 5 ފުޓްބޯޅަ

ފިރިހެން

18-40 އަހަރު

3 އޮން 3 ވޮލީ

އަންހެން

18-40 އަހަރު

        މި ކުޅިވަރުތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 10 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލް އިން އެކުލަވާލާފައިވާ ގޫގަލް ފޯމް މެދުވެރިކޮށް ހުށަހެޅުމަށް ދަންނަވަމެވެ.

  • އަންހެން ފަރާތްތަކުން 3 މީހުން އެކުލެވޭ ގޮތަށް ޓީމް ހެދުމަށްފަހު ޓީމްގައި ހިމެނޭ ކުޅުންތެރިންގެ ނަންތައް އަދި އެޑްރެސް އެގޭނެ ގޮތަށް ފޯމް ފުރުމުގައި ސަމާލުކަންދެއްވުން އެދެމެވެ.

މި މުބަރާތުގައި ބައިވެރިވެވޭނީ 10 އޯގަސްޓް 2023 ވަނަ ދުވަހަށް 18 އަހަރު ފުރިފައިވާ އަދި 41 އަހަރު ނުފުރޭ މީހުން ކަމުގައި ދަންނަވަމެވެ.

ވީމާ، 10 އޯގަސްޓް 2023 ވަނަ ދުވަހު 13:00 ގެ ފަހުން ހުށަހަޅާ ފޯމްތަށް ބަލައި ނުގަންނާނެވާހަކަ ދެންނެވީމެވެ. އަދި މުބާރާތުގައި ބައިވެރި ވާން ފޯމް ހުށަނާޅާ ފަރާތްތައް/ޓީމްތަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭނެ ވާހަކަވެސް ދެންނެވީމެވެ.

 

08 އޮގަސްޓް 2023
ހޯދާ