ށ. ނަރުދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ދެ ދިދަ ދަނޑި ހަދައި، ހަރުކޮށްދޭނެ ފަރާތެއް ހޯދުން

                  މިކޯޓުން ފޯރުކޮށްދޭ މަޢުލޫމާތު އާ އެއްގޮތަށް މިކޯޓުގައި ގައުމީ އަދި ޖުޑިޝަރީ ދިދަ ހަރުކުރަމަށްޓަކައި، ދެ ދިދަ ޕޯސްޓް ހަދައި، ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

                  ވީމާ، މި މަސައްކަތްކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 13 އޯގަސްޓް 2023 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާނަމަ،   [email protected]  އަށް 13 އޯގަސްޓް 2023 ވަނަ ދުވަހުގެ 13:30 ގެ ކުރިން ފޮނުއްވުން އެދެމެވެ.

                  މި މަސައްކަތް ކުރުމަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލެވިފައި މިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު: 2014/18) ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށާއި،  އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ (ޤާނޫނު ނަންބަރު: 2014/19) ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.

                  މި މަސައްކަތާ ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާން އާ އެކު، އެޓޭޗްކުރެވިފައި ވާނެއެވެ. މި މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކޯޓުގެ ނަންބަރު 6540724 ފޯނަށް، ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

                  ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

08 އޮގަސްޓް 2023
ހޯދާ