ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫ މެޖިސްޓްރޭޓްކޯޓް މަރާމާތުކުރުން

އިޢުލާން

ގދ.ހޯނޑެއްދޫ މެޖިސްޓްރޭޓްކޯޓް މަރާމާތުކުރުން.

          ގދ.ހޯނޑެއްދޫ މެޖިސްޓްރޭޓްކޯޓް މަރާމާތުކޮއްދޭނެ ފަރާތެށް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު Q2C-A/2023/10 އިޢުލާނަށް ހުށައަޅާފައިވާ އަގު، ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާތިލްކޮށް އަދި އެމަސައްކަތަށް ބައެއް އުނި އިތުރު ގެނައުމަށްފަހު އެމަސަކަތް ކުރާނެ ފަރާތެށް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ. ވީމާ،

  1. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 އޮގަސްޓް 07 އިން ފެށިގެން 2023 އޮގަސްޓް 15 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް މިކޯޓަށް ވަޑައިގެން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރީކުރާ ފޯމް މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.
  1. މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 އޮގަސްޓް 16 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  2. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 އޮގަސްޓް 17 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިކޯޓުގައެވެ.
  3. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ  2023  އޮގަސްޓް 21 ވަނަ ދުވަހުގެ 11:00 ގައި މިކޯޓުގައެވެ.

 

 

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގދ.ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓް

ގދ.ހޯނޑެއްދޫ

ފޯނު: 6840614

އީ-މެއިލް:  [email protected]

      ބީލަންފޮތާއި ރަޖިސްޓްރީ ފޯމް އަދި އަންދާސީ ހިސާބު ހުށަހަޅާފޯމް  މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި މިކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

07 އޮގަސްޓް 2023
ހޯދާ