ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫ މެޖިސްޓްރޭޓްކޯޓް ހިންގުމަށް 1 އަހަރު ދުވަހުގެ މުއްދަތަށް ޢިމާރާތެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 ކޯޓް ހިންގާނެ ޢިމާރާތެއް ކުއްޔަށް ހިފުމާއިގުޅޭ

         ގދ.ހޯނޑެއްދޫ މެޖިސްޓްރޭޓްކޯޓް 1 އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް އެކަށީގެންވާ ޢިމާރާތެއް ހޯދުމަށް 11 ޖުލައި 2023 ވަނަ ދުވަހު ކޮށްފައިވާ ނަންބަރު Q2C-A/2023/12 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބް އަގުބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް، ޢިމާރާތެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

         ވީމާ، މިފަދަ އިމާރާތެއް ކުއްޔަށް ދޫކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 އޮގަސްޓް 16 ވަނަ ދުވަހުގެ 11:45 އަށް ގދ.ހޯނޑެއްދޫ މެޖިސްޓްރޭޓްކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމް އިޢުލާނާއިއެކު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 6840614 ނަންބަރަށް ގުޅުއްވުން އެދެމެވެ.

07 އޮގަސްޓް 2023
ހޯދާ