ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ފުރަގަހު އިންފާރު އުސްކުރުމުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. ތިރީގައިވާ މަސައްކަތް ކުރުމަށް ކުރެވުނު މިކޯޓުގެ ނަންބަރު: B9C-A/2023/10 އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުތައް އަގުބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1.1.    މިކޯޓުގެ ވަށާ އިންފާރުގެ ތެރެއިން ކޯޓުގެ ފުރަގަހުގައި ތިރިކޮށްރާނާފައިހުރި ބައި އުސްކުރުމަށްބޭނުންވާތީ މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  1. މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

2.1- ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.

       I.  ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.

      II.   ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

     III.    ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

     IV.    އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

2.2- 2.1 ގައި ބަޔާން ކުރާ ދިވެހި ވިޔަފާރިތައް

މިމަސައްކަތާއި ގުޅޭ ތަފްޞީލް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 އޮގަސްޓު 09 ބުދަ ދުވަހުގެ 11:00 ގައި މިކޯޓު (ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓު) ގައެވެ.މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

  1. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ  2023 އޮގަސްޓު 13 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިކޯޓު (ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓު) ގައެވެ.
  2. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓް، ހދ.ނޮޅިވަރަން ، ދިވެހިރާއްޖެ ،ފޯން: 6521679 ، 6528958   އީ-މެއިލް: [email protected]

‏20‏ މުޙައްރަމް 1445

‏07‏ އޮގަސްޓު 2023

07 އޮގަސްޓް 2023
ހޯދާ