ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"ޝިފްޓިންގ ޓައިޑްސް – އަންވީލިންގ ރިސިލިއަންސް" ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

މިސެންޓަރުގެ ނަންބަރު (IUL)177/1/2023/54 (20 ޖުލައި 2023) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ. "ޝިފްޓިންގ ޓައިޑްސް – އަންވީލިންގ ރިސިލިއަންސް" އާޓް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ އިތުރުކުރެވިފައެވެ.

އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރިމަތިވަމުންދާ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖެ ތަޖުރިބާ ކުރަމުންދާ ގޮންޖެހުންތައް ކުރެހުންތެރިންގެ ހުނަރުން ފާޅުކުރުމަށް މަގުފަހިކޮށްދިނުމުގެ މަޤްސަދުގައި މިއަހަރުގެ ނޮވެމްބަރު މަހުގެ 04 ން 19 ށް އިނގެރޭސިވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޝިފްޓިންގ ޓައިޑްސް – އަންވީލިންގ ރިސިލިއަންސް" އާޓް އެގްޒިބިޝަންގައި ރާއްޖޭގެ ކުރެހުންތެރިންގެ ކުރެހުންތައް ދައްކާލުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.

އެހެންކަމުން މި އާޓް އެގްޒިބިޝަންގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިއިޢުލާނާއެކު ހިމަނާލެވިފައިވާ ޓާރމްސް އެންޑް ކޮންޑިޝަންސްގައިވާ ގޮތުގެ މަތިން ބައިވެރިވެލެއްވުމަށް އެދި ޕޯޓްފޯލިއޯ 16 އޯގަސްޓް 2023 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިސެންޓަރުގެ މެއިލް އެޑްރެސް [email protected] އަށް ފޮނުއްވައިދެއްވުން އެދި ދެންނެވީމެވެ.

07 އޮގަސްޓް 2023
ހޯދާ