ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި އޮފީހުގެ ހުސްވެފައިވާ މިދަންނަވާ މަގާމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.
މަގާމުގެ ނަން: |
ގާޑު |
ރޭންކް: |
އެސް.އެސް 1 |
އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް: |
ކޯޕަރޭޓް ސަރވިސް އޮފީސް/ އެޑްމިނިސްޓްރޭޝަން |
ބޭނުންވާ އަދަދު: |
3 (ތިނެއް) |
ޖިންސު: |
ފިރިހެން/ އަންހެން |
އަސާސީ މުސާރަ: |
3,100.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
1,000.00 ރުފިޔާ |
އެކްސްކްލޫސިވް ޖޮބް އެލަވަންސް: |
1,395.00 ރުފިޔާ (އަސާސީ މުސާރައިގެ %45) |
ލިވިންގ އެލަވަންސް: |
2,500.00 ރުފިޔާ |
އޮގްޒިލަރީ ސަރވިސް އެލަވަންސް: |
700.00 ރުފިޔާ |
މަގާމުގެ ޝަރުޠު: |
- ލިޔަން ކިޔަން ދަތުން. - ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން. |
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
- ރިހިޖެހިކޮށީގެ ސެކިއުރިޓީ ބެލެހެއްޓުން. |
ހުށަހަޅަންޖެހޭ ތަކެތި: |
ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު". ށ. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ. ނ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. |
އިތުރު މަޢުލޫމާތު : |
މި މަގާމަށް ޝަރުޠު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ތަކެތި، 2023 އޮގަސްޓު 13 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، މި އޮފީހުގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ. އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް ސާފުކޮށް އެނގޭގޮތަށްޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/ އެވެ. |