އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޕީޑީއެފް އެޑިޓަރ އަދި އެޑޯބީ ކްރިއޭޓިވް ކްލައުޑް އޯލް އެޕްސް ގަތުމަށް ބޭނުންވެއްޖެ

`

 

އޮޑިޓަރ ޖެނެރަލްގެ އޮފީސް

މާލެ،ދިވެހިރާއްޖެ     

ނަންބަރު- (IUL)7-ADMN/1/2023/79

އިޢުލާން

 

ޕީޑީއެފް އެޑިޓަރއަދި އެޑޯބީ ކްރިއޭޓިވް ކްލައުޑް އޯލް އެޕްސް ގަތުމަށް ބޭނުންވެއްޖެ

މިއޮފީހަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއްޖެއެވެ.

ޢަދަދު

އައިޓަމް

35

ޕީޑީއެފް އެޑިޓަރ

2

އެޑޯބީ ކްރިއޭޓިވް ކްލައުޑް ލައިސަންސް

 

މި ދެންނެވުނު ތަކެތި ފޯރުކޮށްދޭނެ ފަރާތަށް ޕޮއިންޓު ދޭނެ އުޞޫލާއި އަދި ބިޑާއި ބެހޭ އިތުރު މަޢުލޫމާތު މި އިއުލާނާއެކު ވަނީ ހިމެނިފައެވެ. ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

މި ތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 2023 އޯގަސްޓް 12 ވާ ހޮނިހިރު ދުވަހުގެ 12:00 ކުރިން[email protected]  އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 2023 އޯގަސްޓް 15 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

06 އޮގަސްޓް 2023

 

 

 

06 އޮގަސްޓް 2023
ހޯދާ